ދިވެހިރާއްޖެ
މަޤާމް: |
ޑްރައިވަރ |
|
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
|
މަޤާމް: |
ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް |
|
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
|
މަޤާމުގެ ގިންތި |
ވަގުތީ (ވޭޖް) |
|
މަޤާމުގެ މުއްދަތު |
1 (އެކެއް) އަހަރު. |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ |
|
މަސައްކަތް ކުރަން ހަމަޖެހިފައިވާ ދުވަހާއި، ވަގުތާއި އަދި އުޖޫރަ: |
ހ- މަސައްކަތް ކުރަންހަމަޖެހިފައިވަނީ އާއްމުގޮތެއްގައި ކޮންމެހަފްތާއެއްގެ 5 ދުވަހު ދުވާލަކު 3 ގަޑިއިރު ކައުންސިލުން ކަނޑައަޅާ ސްޕަވައިޒަރ ( އތމ ކޮމެޓީން ) ކަނޑައަޅާ ސަރަޙައްދުތަކެވެ. ށ- ޚާއްޞަ ހާލަތްތަކުގައި ކައުންސިލުން ކަނޑައަޅާ ސަރަހައްދެއް ސާފުކުރަންޖެހިއްޖެނަމަ މިހާލަތުގައިކުރާ މަސައްކަތައްވެސް އުޖޫރަ ހަމަޖައްސާނީ އާއްމުކޮށް ދުވަހު އުޖޫރަ ދިނުމަށް މި އުސޫލުގެ (ބ) ގައި ބަޔާން ކުރެވިފައިވާ ގޮތަށެވެ. ނ- އިޖްތިމާއީ ސަރަހައްދުތަކުގައި ހުރި ގަސްގަހާގެހިން ކޮށާލަން ޖެހޭ ބައިތައް ކޮށާ އުކާލުމުގެ މަސައްކަތްވެސް ކުރަންވާނީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު ތަކުގައެވެ. ރ- މިކައުންސިލުގެ ފަރާތުން ރަށުގެ އެކިސަރަހައްދުގައި ޑަސްބިން ބަހައްޓައިފި ނަމަ އެޑަސްބިންތަކުގައި ހުންނަ ކުނިތައް އުކާލުމާއި އެޑަސްބިންތައް ބަލަހައްޓަންވާނެއެވެ.
ބ- އުޖޫރަ ދިނުމަށް ކަނޑައަޅާފައިވާ ގޮތް: = މަޤާމުގެ އުޖޫރަ: 90.00 (ނުވަދިހަ ރުފިޔާ) މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް.
ކ- މި މަސައްކަތަށް މީހުން ނަގަނީ ވޭޖު އުސޫލުން ކަމަށްވާތީ އުޖޫރަ ދެވޭނީ މަސައްކަތު ނުކުންނަ ދުވަހަކަށް-/90 ރ އެވެ. އަދި ޗުއްޓީގެ އެންމެހައި ކަންކަން ހަމަޖެހިފައިވާނި ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތަށެވެ. ނ- މި މަސައްކަތްކުރުމަށް ނެގޭ ކޮމިޔުނިޓީ ކައުންސިލް އެސިސްޓެންޓުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އިނާޔަތް ދޭވޭނެ އެވެ. |
|
ޑްރައިވަރ މައިގަޑު މަސްއޫލިއްޔަތު: |
ހ- ސުޕަވައިޒަރު ( އތމ ކޮމެޓީ ) އަންގާ ގަޑިއަކަށް، ސަރަހައްދަށް ނުކުމެ އިޖުތިމާއީ ސަރަހައްދުން ނެހޭ ކުނި ކަނޑައެލިފައިވާ ސަރަހައްދު ތަކަށް ގެންދިޔުމާއި އުކާލުން. |
|
ކޮމިއުނިޓީ ކައުންސިލުގެ އެސިސްޓެންޓުގެ މައިގަޑު މަސްއޫލިއްޔަތު: |
ހ- ސުޕަވައިޒަރު ( އތމ ކޮމެޓީން ) އަންގާ ގަޑިއަކަށް، ސަރަހައްދަށް ނުކުމެ ކުނިކެހުމުގެ މަސައްކަތް އަމަލީގޮތުން ކުރުން. ށ- ކައުންސިލުގެ ބެލެހެއްޓުމުގެ ދަށުގައިވާ އިޖުތިމާޢީ ސަރަހައްދުގައި ހުރި ގަސްގަހާގެހިން ހިނގާބިނގާވާ މީހުނަށް ދަތިވާގޮތައް ހުންނަ ގަސްގަހާގެހީގެ ގޮފިތައް، ފަންތައް ސުޕަވައިޒަރު ( އތމ ކޮމެޓީން ) އަންގާ ގޮތަކަށް ކޮށާ އުކާލުން. ނ- އެކި މުނާސަބަތާއި، ޚާއްސަ ހާލަތްތަކުގައި އިޖުތިމާއީސަރައްދު ކުނިކަހާ ސާފުކޮށްލަން ކައުންސިލް އިދާރާއިން ބޭނުންވެއްޖެ ހާލަތެއްގައި އެ މަސައްކަތައް ނުކުމެ ސުޕަވައިޒަރު އަންގާގޮތެއްގެ މަތިން އެމަސައްކަތް ކުރުން. |
|
މީހުން ހޮވުމުގައި ޢަމަލުކުރާނެ ގޮތް: |
ހ- އުމުރުން 15 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށްވުން.( 18 އަހަރުންދަށުގެ ކުއްޖަކުނަމަ ބެލެނިވެރިޔާ އިޢުތިރާޒު ނުކުރާކަމުގެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.) ށ- ޖިސްމާނީގޮތުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މީހަކު ކަމުގައިވުން. ނ- މަގާމުގެ އަސާސީ ސަރުތު:
ރ- ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
= އަސާސީ ޝަރުޠު ހަމަވުން %50 = އަސާސީ ޝަރުޠައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް %5 = އަސާސީ ޝަރުޠައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5 = އިންޓަވިއު %40 |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މި މަސައްކަތަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޭޕްރީލް 09 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 އޭޕްރީލް 11 އިން 18 އޭޕްރީލް 2023 އާ ދެމެދު، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ ގައެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720601 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. މި މަޤާމުތަކުގެ މަސްއޫލިއްޔަތު ތަކާއިގުޅޭ އުޞޫލު މިއިދާރާގެ ވެބްސައިޓު http://www.mulah.gov.mv/gavaadhu-view/52 ގައި ޢާއްމުކުރެވިފައިވާނެ އެވެ. އަދި މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މުލަކު ކައުންސިލު އިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން (http://www.mulah.gov.mv/Uploads/Downloads/1663584527.pdf) ޑައުންލޯޑު ކުރެއްވޭނެއެވެ. |