މަސައްކަތް
ނަންބަރު: (IUL)247-CA/247/2023/52
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 22:31
ސުންގަޑި: 12 އޭޕްރިލް 2023 10:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ހޯރަފުށީ ކައުންސިލްގެ އިދާރާގެ ވެބްސައިޓް، ބީލަން ފޮތުގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

              ހއ.ހޯރަފުށީ ކައުންސިލްގެ އިދާރާގެ ވެބްސައިޓް ބީލަން ފޮތުގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ފަރުމާކޮށްދޭން ޝައުޤްވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

މި މަސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅު ވާނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

             މި ބީލަމުގައި ރަޖިސްޓްރީވުމަށް 2023 އެޕްރީލް 03 ވަނަ ދުވަހުން ފެށިގެން 2023 އެޕްރީލް 06 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ތިރީގައިވާ މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

 ބީލަމުގައި ރަޖިސްޓްރީ ކުރުމަށް މެއިލް ކުރަންޖެހޭ މަޢުލޫމަތު

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

ވިޔަފާރި ރަޖިސްޓްރީ ނަންބަރު:

އީމެއިލް އެޑްރެސް:

ގުޅޭނެ މޮބައިލް ނަންބަރު:

 މަޢުލޫމާތު ދިނުމުގެ ސެޝަން:

މި ބީލަމާ ގުޅިގެން ބައްވާ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނީ 2023 އެޕްރީލް 06 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހޯރަފުށީ ކައުންސިލްގެ އިދާރާގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލުގައެވެ. މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް، ބޭނުންވާ މަޢުލޫމާތު މި އިޢްލާނާއެކު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެއްހީރަސް ކޮށްފައިވާނެއެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2023 އޭޕްރީލް 11 ވާ  އަންގާރަ ދުވަހުގެ ދުވަހުގެ 10:00  ގެކުރިން [email protected] އަށް ބޭނުންވެލެއްވާ ސުވާލެއް މެއިލް ކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން

          އަންދާސީހިސާބު ހުށަހަޅުއްވާނީ 2023 އޭޕްރީލް 12 ވާ ބުދަ ދުވަހުގެ 10:00  ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލަށް ދުރުވެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބިޑްބަލައި ގަނެވޭނީ އެކަން ބަޔާންކޮށް ހާޟިރުވާ ފަރާތުގެ އައި،ޑީ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވައިފައި ވާނަމައެވެ. ހުށަހަޅައި ބީލަންތައް ހުޅުވާނީ މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތު ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކުރެއްވުމަށް ފަހުއެވެ.

ކޯޕަރޭޓް އެފެއާރޒް ޔުނިޓް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ

ހއ.ހޯރަފުށި، ދިވެހިރާއްޖެ

ބީލަމުގެ ނަން:  ހއ.ހޯރަފުށީ ކައުންސިލްގެ އިދާރާގެ ވެބްސައިޓް ބީލަން ފޮތުގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ފަރުމާކޮށްދިނުމުގެ މަސައްކަތް.

އިޢުލާނު ނަންބަރު: (IUL)247-CA/247/2023/52

ނޯޓް:

           މަޢުލޫމާތު ފުރިހަމަނޫން ބީލަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.

12 ރަމަޟާން 1444

03 އޭޕްރިލް 2023