ދިވެހިރާއްޖެ
މިކުންފުންޏަށް 9,000 މެޓްރިކް ޓަނުގެ ހަނޑޫފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިކުންފުންޏަށް 9,000 މެޓްރިކް ޓަނުގެ ހަނޑޫ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބައިނަލްއަޤްވާމީ ފެންވަރުގައި ހަނޑޫ ފޯރުކޮށްދިނުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަންކަރުދާސް ހުޅުވާލެވޭ ބާވަތް އަދި އުފައްދާ ޤައުމުތައް:
ބާވަތް: ހަނޑޫ (PAR BOILED RICE – IR 64)
ޤައުމު: ބީލަންކަރުދާސް ހުޅުވާލެވޭ ބާވަތަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، އޮސްޓްރޭލިއާ، ކެނެޑާ، ތުރުކީ، ޕާކިސްތާން، އިންޑިއާ ރިޕަބްލިކް އޮފް އިންޑޮނޭޝިއާ، ތައިލެންޑް، މެލޭޝިއާ، ރިޕަބްލިކް އޮފް ޕިލިޕިންސް، ރިޕަބްލިކް އޮފް ސިންގަޕޯރ، ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ، ޔޫރަޕްގެ އެހެނިހެން ޤައުމުތަކާއި ސައުތު އެމެރިކާގެ ޤައުމުތަކުގައި ހައްދާފައިވާ ހަނޑޫ (PAR BOILED RICE – IR 64) އެވެ.
ޝިޕްމަންޓުގެ ތާވަލު އަދި ޖުމްލަ އަދަދު:
މުދާ ފޯރުކޮށްދޭންވާނީ ބައިބަޔަށް މިކުންފުނިން އެދިލައްވާ ތާވަލެއްގެ ދަށުން 9,000 މެޓްރިކް ޓަން ގެނެސް ޚަލާޞްވަންދެންނެވެ.
ބީލަމުގައި ރަޖިސްޓަރީވުމާއި ބީލަމުގެ ކަރުދާސް ބަލައިގަތުން:
ބީލަމުގައި ބޭނުންވާނެ ހުރިހާ ކަރުދާހެއް ލިޔެވިފައި ހުންނާނީ އިނގިރޭސިބަހުންނެވެ. ބީލަން ކަރުދާސް ބައްލަވައިގަނެވޭނީ 2015 ޖަނަވަރީ 18 ވާ ދުވަހުގެ ދިހައެއްޖެހުމުގެ (10:00) ކުރިން ނޮން ރިފަންޑަބަލް ރެޖިސްޓްރޭޝަންފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ 150.00 އެމެރިކާ ޑޮލަރު، ނުވަތަ އެއާ އެއްފަދަ ދިވެހިރުފިޔާއިން މިކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓަށް ދެއްކި ބޭފުޅުންނަށެވެ. ނަގުދު ފައިސާގެ ގޮތުގައި ޤަބޫލުކުރެވޭނީ ކޭޝިޔަރސް ޗެކް އަދި ޑައިރެކްޓް ޑިޕޮޒިޓް (މިކުންފުނީގެ އެޗް.އެސް.ބީ އެކައުންޓް ނަންބަރު 103 005999 200 ސްވިފްޓް ކޯޑް HSBCMVMV) އެވެ. ނަގުދު ފައިސާއިން ރަޖިސްޓްރޭޝަން ފީ ދައްކަވާ ބޭފުޅުން ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށް ފައިސާ ޖަމާކުރިކަމުގެ ރަސީދު ފޮނުވަންވާނެއެވެ. ރަޖިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށް ބީލަން ކަރުދާސް ދޫކުރުން އޮންނާނީ 2015 ޖަނަވަރީ 20 ވަނަދުވަހު އީމެއިލްގެ ޒަރީޢާއިންނެވެ.
ސުވާލާއި ޖަވާބު
ބީލަން ކަރުދާސް ބައްލަވައިގަތުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ޖަނަވަރީ 25 ވާ ދުވަހުގެ ދިހައެއް (10:00) ޖެހުމުގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކަށްް 2015 ފެބުރުވަރީ 01 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަން ކަރުދާސް ހުޅުވުން:
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2015 ފެބުރުވަރީ 08 ވާ ދުވަހު ހެނދުނު އެގާރަގަޑި ސުންމިނެޓް(11:00) ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ހެޑްއޮފީހުގެ ކޮންފަރެންސްރޫމުގައި ބީލަމުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ހާޒިރުގައެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.
އެޑްރެސް: ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 402 3012 960+ / 333 44 33 960+
ފެކްސް: 633 44 33 960+
ކޮންޓެކްޓް ކުރަންޖެހޭ ފަރާތް: އައިމިނަތު ވަޙީދާ
އީމެއިލް: [email protected]
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަތީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.
ނޯޓް: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި (GMT+5:00)