މަސައްކަތް
ނަންބަރު: (IUL) MBC-FP/MBC/2015/1
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 12 ޖަނަވަރީ 2015 14:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

MBC-PRC/HA/ 2015/001

 

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު:

މިކޯޕަރޭޝަންގެ ޓީވީއާއި ރޭޑިއޯ ބިލްޑިންގގެ އޮފީސް ޢިމާރާތުގައި ކުރަންޖެހޭ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު MBC-F/IU/2014/134 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްޕްރޮޕޯޒަލްތަކުގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާތީ އެއިޢުލާން ބާޠިލުކޮށް، 2 ވަނަ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 ޖަނަވަރީ 2015 ހޯމަ ދުވަހުގެ 14:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޖަނަވަރީ 2015 ބުރާސްފަތި ދުވަހުގެ 14:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށްހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.

15 ރަބީޢުލްއައްވަލް 1436

06 ޖަނަވަރީ 2015