ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ
ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ހއ. އުތީމު ގަނޑުވަރުގެ ދިދަދަނޑި އަމިއްލަ ތަކެތީގައި، މި ޑިޕާޓްމަންޓުގެ ލަފާއާ އެއްގޮތްވާގޮތަށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު: IUL)222-HMC/1/2014/13ފ(14 ޑިސެންބަރު 2014) ގެ އިޢުލާނަށް އެއްވެސް ފަރާތްތަކުން ކުރިމަތިލާފައިނުވުމާ ގުޅިގެން، މި އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު، ހއ. އުތީމު |
އަންގާރަ |
13 ޖެނުއަރީ 2015 |
10:00 |
އަންދާސީހިސާބު ހުށަހެޅުން |
ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު، ހއ. އުތީމު |
ބުރާސްފަތި |
15 ޖެނުއަރީ 2015 |
10:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
17 ރަބީޢުލްއައްވަލް 1436