މަސައްކަތް
                	
                ނަންބަރު: (IUL)KRH-PLD/2023/42
                    ޕަބްލިޝްކުރި ތާރީޚް: 03 އެޕްރީލް 2023
                    ޕަބްލިޝްކުރި ގަޑި:  11:04
                                            ސުންގަޑި: 
                            12 އެޕްރީލް 2023 12:00
                        
                    
                ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫ އަށް ބޭނުންވާ "ގައުން" ފަހައިދޭނެ ފަރާތެއް ހޯދުން
                                މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫ އަށް ބޭނުންވާ "ގައުން" އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނެކެވެ. ގެޒެޓު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއެކު އެޓޭޗްކުރެވިފައިވާ އެނެކްސް 1 ގައި ބަޔާންކޮށްފައި އެވަނީ ގައުން ފަހަން ބޭނުންވާ ނަމޫނާ އަދި ގައުން ގެ މެޝަމެންޓްސް އާއި ޢަދަދެވެ.
ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- ޚިދުމަތް ދޭ ފަރާތަކީ ސަރުކާރުގެ ޤަވައިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދީ އެއްބާރުލުން ދިނުމަށް އެއްބަސްވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.
 - މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 3 އެޕްރީލް 2023 ވާ ހޯމް ދުވަހުން ފެށިގެން 12 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް [email protected] އަށް އީ-މެއިލް ކޮށް [email protected] މެއިލް އަށް ކޮޕީކުރުމަށް ދަންނަވަމެވެ.
 - އަދި އީ-މެއިލް ފޮނުވާއިރު ސަބްޖެކްޓުގައި އިޢުލާނު ނަންބަރު ރިފަރެންސް އަކަށް ޖެހުމަށް ވެސް ދަންނަވަމެވެ.
 - ބީލަން ހުށަހެޅުމަށް އިޢުލާނުގެ އެނެކްސް - 2 ގައި ވާ "ބިޑް ފޯމު" ފުރިހަމަކުރައްވާ ހުށަހަޅަން ވާނެއެވެ.
 - މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާ ނަމަ 3 އެޕްރީލް 2023 ވާ ހޯމަ ދުވަހުން ފެށިގެން 13 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ.
 - މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
 - މި ބީލަމަށް ރަޖިސްޓަރ ކުރަން ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
 
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 16 އެޕްރީލް 2023 (އާދީއްތަ ދުވަސް)
 
ގަޑި: 11:00 ގައި
                03 އެޕްރީލް 2023