މަސައްކަތް
ނަންބަރު: GS04/Iu/2015/001
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 13 ޖަނަވަރީ 2015 11:00
ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިމަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓެވުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 ން، ޖެހިގެން އަންނަދުވަހުގެ ހެނދުނު 7:00 އަށް ( ޖުމުލަ 13 ގަޑިއިރު ) އަދި ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރަށް އައުޓްސޯސްކޮށްގެން ސެކިއުރިޓީ ބަލަހައްޓަވާގޮތަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މަތީގައި ދެންނެވިފައިވާ ގޮތަށް މިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަދަރުސާގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އައިޓަމް / ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރެއްވުން

13.01.2015

 އަންގާރަ

11:00

ތ.އ.ތ މަރުކަޒު

އަންދާސީހިސާބު ހުށަހެޅުއްވުން

21.01.2015

 ބުދަ

11:00

ތ.އ.ތ މަރުކަޒު

މިމަރުކަޒުގެ ނަންބަރު GS04/IU/2014/14 އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ޝުކުރިއްޔާ

14 ރަބީޢުލްއައްވަލް 1436

05 ޖަނަވަރީ 2015