ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް 1200KGގެ ރަށު ޕިކަޕެއް ވިއްކުމާއި، ސަޕްލައިކޮށްދޭން ފަރާތެއް ހޯދުމާގުޅޭ
މި އިދާރާގެ ނަންބަރު (IUL)272-CA/272/2023/03 (12 ޖަނަވަރީ 2023) އިޢުލާނާ ގުޅިގެން، ހުށަހަޅާފައިވާ ބިޑުތަކުގައިވާ މަޢުލޫމާތު، ރަށު ޕިކަޕު ހޯދުމަށް ދެވިފައިވާ މަޢުލޫމާތާ އެއްގޮތް ނުވާތީ އެ އިޢުލާން ބާޠިލް ކޮށް، މި އިދާރާއަށް 1200KG ގެ ރަށު ޕިކަޕެއް އަމިއްލަ ހަރަދުގައި ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތާއި ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
މަސައްކަތް ޙަވާލުކުރުމަށް މާކްސް ދެވޭނޭ ގޮތް:
އަގަށް: %85
ވޮރެންޓީ އަށް: %5
މުއްދަތަށް: 10%
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 އޭޕްރީލް 2023 ވަނަ ދުވަހުގެ 11:00 ގައި ނޫމަރާ ކައުންސިލް އިދާރާ ގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ އުޅަނދު ސަޕްލައި ކުރުމުގެ އަގާއި ރަޖިސްޓްރީކޮށްދިނުމުގެ އަގު އެނގޭނޭ ގޮތަށް މުއްދަތާއި އެކުގައެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.