ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)350-LH/350/2023/27
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 09 އޭޕްރިލް 2023 13:00
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މި ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް، މިއިދާރާއިން ކުރަމުންދާ މަސައްކަތަށް ވަގުތީ މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:              މަސައްކަތު

ބޭނުންވާ ޢަދަދު:        2 (ދޭއް)

ރޭންކް:             އެސް އެސް 1

ކްލިސިފިކޭޝަން:       ސަޕޯޓް ސްޓަރފް

އޮފީސް:             އދ މަހިބަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:           އިކޮނޮމިކް ސޯޝަލް އެންޑް މުނިސްޕަލް ސަރވިސަސް.

ވަޒީފާ އަދާކުރަންޖެހޭތަން:  އދ މަހިބަދޫ ކައުންސިލްގެ އިދާރާ (އދ މަހިބަދޫ)

މުސާރަ:             3100.00

ސަރވިސް އެލަވަންސް:    1000.00

ސަޕޯޓިންގ ކޯ އެލަވަންސް: 1200.00

މިނިމަމް ވޭޖް އެލަވަންސް:  1828.00

މުސާރަ އާއި އެލަވްންސްގެ އިތުރުން، އުސޫލުތަކާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތު ނުކުތުމަށް ހަމަޖެހިފައިވާގޮތް: ހަފުތާއަކު 6 ދުވަހު، ދުވާލަކު 6 ގަޑިއިރު.

ތައުލީމާއި، ތަޖުރިބާ:

ލިޔަންކިޔަން އެނގުމާއިއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފުރިހަމަ ސިއްޙަތެއްގައިހުރި މީހަކަށްވުން.

 

 

 

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތު

1-        ސްޕަރވައިޒަރގެ ބެލުމުގެދަށުން ތާވަލާ އެއްގޮތަށް ތަރުތީބުން ކުނިވާޒާތުގެ ކުނި ނެގުން،

2-        ސްޕަރވައިޒަރގެ ބެލުމުގެދަށުން ތާވަލާ އެއްގޮތަށް ތަރުތީބުން އެކިބާވަތް ތަކުގެ ކުނި ނެގުން،

3-        ކުނި ނައްތާލާ މަރުކަޒު އިންތިޒާމު ކުރުން،

4-        އިދާރާއިން ހަވާލުކުރާ އެކިއެކި މަސައްކަތުގައި ބައިވެރިވުން،

5-        ދިމާވާ ކުއްލި ޙާލަތްތަކުގައާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

 

މަޤާމަށް އެދެވޭނެ ގޮތާއި ސުންގަޑި:

މި މަސައްކަތް ކުރެއްވުމަށް ޝައުގު ވެރިކަންހުރި، ޢުމުރުން 18 އަހަރުފުރިހަމަ ވެފައިވާ ފަރާތްތަކުން 2023 އެޕްރީލް 09 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13.00 ގެ ކުރިން އދ މަހިބަދޫ ކައުންސިލްގެ އިދާރާއަށް ސިޓީ ހުށަހެޅުއްވުންއެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1 ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ،

2 ތަޢުލީމީ ސެޓްފިކެޓާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ އެފަދަލިޔުން،

3 ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުށްފެންނަ ސާފު ކޮޕީ،

4 ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި، އީމެއިލް އެޑްރެސް)

02  އެޕްރީލް  2023

 

ރަޝާދު ޢަލީ

މަހިބަދޫ ކައުންސިލްގެ ރައީސް

                                                                                                      

02 އޭޕްރިލް 2023