މުބާރާތް
ނަންބަރު: D-381/IUL/2023/23
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 09 އޭޕްރިލް 2023 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލްގެ 2 ވަނަ ވޮލީބޯޅަ މުބާރާތް (ކުޑަހުވަދޫ ކައުންސިލް ވޮލީބޯލް ޗެލެންޖް 2023) އަންހެނުންގެ ޑިވިޒަންގައި ބައިވެރިވުމުގެ ފުރުޞަތު

ކުޑަހުވަދޫ ކައުންސިލްގެ 2ވަނަ ވޮލީބޯޅަ މުބާރާތް (ކުޑަހުވަދޫ ކައުންސިލް ވޮލީ ބޯލް ޗެލެންޖް 2023) މުބާރާތުގެ އަންހެން ޑިވިޒަންގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، 2023 އޭޕްރިލް 09 ވަނަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރިވެވޭނީ، މުބާރާތުގެ ޤަވާއިދު ޤަބޫލުކޮށް މުބާރާތުގައި ބައިވެރިވުމަށް  ރަޖިސްޓްރީވާ ޓީމުތަކަށެވެ. ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑިއަކީ 2023 އޭޕްރިލް 19 ވަނަ ދުވަހުގެ 14:00އެވެ. ޓީމް ރަޖިސްޓްރީ ކުރާ ފަރާތަށް ޓީމް ލިސްޓްފޯމް ފޮނުވޭނެއެވެ. މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ލިންކް މި އިޢުލާނާއި މިއިދާރާގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރެވިފައިވާނެއެވެ. އަދި މުބާރާތުގެ ޤަވާއިދުވެސް މިއިޢުލާނާއި އެކު ޙިއްސާކުރެވިފައިވާނެއެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ، 2023 މެއި 06 ވަނަ ދުވަހުގައެވެ.

 

ރެޖިސްޓްރޭޝަން ފޯމް ލިންކް: https://forms.gle/2JRTfZuWbSB7r3Da9

މުބާރާތުގެ ޤަވާއިދު ލިންކް: http://bit.ly/3KttOmk

 

 

02 އޭޕްރިލް 2023