ނީލަން
ނަންބަރު: (IUL)230-AHI/230/2023/15
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" މާފަރު " ލޯންޗުން ނަގާފައިވާ 200 ހޯސްޕަވަރގެ ޔަމަހާ ފޯ ސްޓްރޯކް 02 އިންޖީނު ސިޓީ ލާ ނީލަމުގައި ވިއްކާލުން

                     މިއިދާރާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ " މާފަރު " ލާންޗުން ނަގާފައިވާ ޔަމަހާ ފޯ ސްޓްރޯކް 200 ހޯސްޕަވަރގެ 02 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 03 އޭޕްރީލް 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރުފަހު 12:00 ގެ ކުރިން 02 އިންޖީނު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގު ހުށަހަޅުއްވާއިރު 02 އިންޖީނަށް ވަކި ވަކިންވެސް އަގު ހުށަހެޅިދާނެއެވެ. އަގު ހަށަހަޅުއްވާނީ NL04 ފޯމް ފުރިހަމަކުރެއްވުމަށްފަހު ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "200 ހޯސްޕަވަރގެ ފޯ ސްޓްރޯކް 02 އިންޖީނުގެ ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ. ނީލަން ހުށަހަޅާފޯމު މިއިދާރާގެ ކައުންޓަރުން އަދި [email protected] މެއިލް ކުރެއްވުމުން ފޯމް ލިބިވަޑައިގަންނަވާނެއެވެ.

                     ރަސްމީ ކޮންމެ ދުވަހަކު މެންދުރުފަހު 12:00 އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 13:00 ގައި މި އިދާރާގެ ނޯޓިސްބޯޑާއި ފޭސްބުކް ޕޭޖްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ހަވާލުކުރާތާ ، ރަސްމީ 5 ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދައްކަވައި އެތަކެތި ގެންދަވަންވާނެއެވެ. ނީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި މަޤުބޫލު އުޒުރެއްނެތި ފައިސާ ނުދައްކަފިނަމަ ނީލަން ބާޠިލްކުރުމާއިއެކު އިދާރީގޮތުން ފިޔަވަޅު އެޅޭނެއެވެ.  

ނީލަން ފެށޭއަގު: އިންޖީނެއް 25,000.00 (ފަންސަވިސްހާސް ރުފިޔާ)

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު:  ފަހަރަކު 500.00 (ފައްސަތޭކަ ރުފިޔާ)

                    ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިންޖީނު ބަލާލުމުގެ އިންތިޒާމް 2023 އޭޕްރީލް 03 ވަނަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09.00 ން މެންދުރުފަހު 12:00 އަށް މިއިދާރާގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.

                     ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                           11 ރަމަޟާން 1444

02 އޭޕްރިލް 2023