މަސައްކަތް
ނަންބަރު: (IUL)319/319/2023/13
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 11 އޭޕްރިލް 2023 11:00
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.މާޅޮހު ކުޑަކުދިންގެ ޕާކުގައި އަޅާ ކޮންކްރީޓް ތަޅުމުގެ މަސައްކަތް

                               ނަންބަރ:  319/319/2023/13(IUL)

އިޢުލާން

ބ.މާޅޮހު ކުޑަކުދިންގެ ޕާކުގައި އަޅާ ކޮންކްރީޓް ތަޅުމުގެ މަސައްކަތް

          މި އިއުލާނާއި އެކު ހިމަނާފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް ބ.މާޅޮހު ކުޑަކުދިންގެ ޕާކުގައި އަޅާ ކޮންކްރީޓް ތަޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

          ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތުގެ މަޢުލޫމާތު:

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން، 2023 އޭޕްރީލް 09 ވާ އާދިއްތަދުވަހުގެ 11:00ށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބިޑްރަޖިސްޓްރީކުރުން:

މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 އޭޕްރިލް 10 ވާ ހޯމަ ދުވަހުގެ 10:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ  އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected] އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލްކުރައްވައިގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

  • އަންދާސީ ހިސާބު ހުށަހަޅުއްވާނީ، 2023 އޭޕްރިލް 11 ވާ އަންގާރަދުވަހުގެ 11:00 އަށް، ބ.މާޅޮހު ކައުންސިލްގެ އިދާރާއަށް
  • އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

  • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
  • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ

-     ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.

-    މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  • ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  • އަމިއްލަ ފަރުދެއްނަމަ އައިޑީކާޑު ކޮޕީ
  • ތަޖުރިބާގެ ލިޔުންތައް (ހުރިނަމަ)
  • އަންދާސީ ހިސާބު (އަގު އަދި މުއްދަތު)

މާރކްސް ދެވޭގޮތް:

  • އަގު: %90
  • މުއްދަތު: % 10

އިތުރު މައުލޫމާތު:

މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ: 6600056 / 7612867 އަށް ގުޅުއްވުން އެދެމެވެ.

02 އޭޕްރިލް 2023