ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-C/195/2023/21
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 10 އޭޕްރިލް 2023 12:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ވ.ޖުޑިޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ވ.ޖުޑިޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު  

ނަންބަރު:(IUL)195-C/195/2023/21

ތާރީޚް: 02 އެޕްރީލް 2023

މަޤާމު

ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް

މި މަޤާމަކީ ވ.ޖުޑީޝަލް ދާއިރާގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.

ފަނޑިޔާރުން ބޭނުންވާ އަދަދު

1 (އެކެއް)

މުސާރަޔާއި ޢިނާޔަތްތައް

އަސާސީ މުސާރަ (މަހަކު)

23,150.00 ރުފިޔާ

ހެލްތް އިންޝުއަރެންސް

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ފޯނު އެލަވަންސް

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު

މި މަގާމަށް ކުރިމަތިލައްވާ ފަރާތަކީ ވ.ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަޤާމު އަދާކުރަމުން ގެންދާ ފަރާތަކަށްވުން.

މަޤާމަށް އެދި ހުށަހެޅުން

ވ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމަށް އެދި ހުށަހަޅުއްވާނީ މި ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ.  ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައިއެވަނީއެވެ.

https://apply.jsc.gov.mv

ސުންގަޑި

10 އެޕްރީލް 2023 ވަނަ ދުވަހުގެ 12:00 އެވެ.

ގަވާއިދު

މި އިޢުލާންގައިވާ ވ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ގަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv  އިން ލިބޭނެއެވެ.

އިތުރު މަޢުލޫމަތު ސާފުކުރުން

- މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.

02 އޭޕްރިލް 2023