ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
ހޯރަފުށީ ބަނދަރު މަގުގައި އިންދުމަށް ބޭނުންވާ 80 (އަށްޑިހަ) ކަދުރު ރުއް މާލެއިން ހޯރަފުށްޓަށް ގެނެއުމަށް ކުރަންޖެހޭ ކަނޑުދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން
މި ބީލަމުގައި ރަޖިސްޓްރީވުމަށް 2023 އެޕްރީލް 02 ވަނަ ދުވަހުން ފެށިގެން 2023 އެޕްރީލް 04 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ތިރީގައިވާ މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ލިޔުމުން ހުށަހަޅަންވާނެވެ.
މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
ވިޔަފާރި ރަޖިސްޓްރީ ނަންބަރު:
އީމެއިލް އެޑްރެސް:
ގުޅޭނެ މޮބައިލް ނަންބަރު.
މަސައްކަތާއި ގުޅޭ މަޢުލޫމާތު (ބީލަންފޮތް) ދިނުން
މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް، ރަޖިސްޓްރީވުމަށް ދެވިފައިވާ މުއްދަތު) 2023 އެޕްރީލް 04 ވަނަ ދުވަހުގެ 10:00 އަށް) ހަމަވުމުން މަސައްކަތާއިގުޅޭ މަޢުލޫމާތު (ބީލަންފޮތް) އެދުވަހުގެ 14:00ގެ ކުރިން މެއިލް ކުރެވޭނެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 އެޕްރީލް 6 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލުގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅައިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތު ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ހާޒިރުވާނަމަ އެކަން ބަޔާންކޮށް އެ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކުރައްވައިފައެވެ.
ކޯޕަރޭޓް އެފެއާރޒް ޔުނިޓް
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ހއ.ހޯރަފުށި، ދިވެހިރާއްޖެ
ބީލަމުގެ ނަން: ހޯރަފުށީ ބަނދަރު މަގުގައި އިންދުމަށް ބޭނުންވާ 80 (އަށްޑިހަ) ކަދުރު ރުއް މާލެއިން ހޯރަފުށްޓަށް ގެނެއުމަށް ކުރަންޖެހޭ ކަނޑުދަތުރު ކުރުމުގެ މަސައްކަތް
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.