ވަޒީފާގެ ފުރުޞަތު
ނަންބަރު: B15C/2015/01
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި: 15 ޖަނަވަރީ 2015 14:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު    

މަޤާމު:

މަސައްކަތު

ރޭންކް:  އެސް،އެސް 1       

އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1

މަސައްކަތް ކުރަންޖެހޭ ތަން:

ހދ.ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

-/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

އެލަވަންސް:

- ސަރވިސް އެލަވަންސް -/1000 ރުފިޔާ (އެއްހާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން ދަންނަ މީހަކުކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

1- ކޯޓުތެރެ ފޮޅައި ކުނިކަހައި، މޮޕްކޮށް، ފަރުނީޗަރު ފޮހެސާފުކުރުން. 

2- ކޯޓާއި، ކައުންސިލް އިދާރާގެ ގޯތިތެރެއިން، ކޯޓުން ކުނިކަހަންޖެހޭ ސަރަޙައްދު ވިނަނޮޅައި، ކުނިކަހައި، ސާފުކޮށް ބެލެހެއްޓުން.

3- ކޯޓަށް ހާޒިރުކުރަންޖެހޭ ފަރާތްތަކާ، ކޯޓް އަމުރު ހަވާލުކުރުން.

4- ކޯޓުން އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ލިޔުންތައް ހަވާލުކުރުން.

5-  ކޯޓުން ޒިންމާކުރެވޭ ރަސްމީ މަސައްކަތްތައްކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުން ލިބެންހުންނާނެވެ.)

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)

5- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ މަސްޢޫލިއްޔަތާއި ވަޒީފާގެ ރޭންކާއި، މަޤާމުގައި ވީދުވަހާއި، މަޤާމުގެ ނަން އެނގޭފަދަ ރަސްމީ ލިޔުމެއް.

6- ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތްމުވައްޒަފުން، މި މަޤާމަށް ކުރިމަތިލައިގެން މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު، ވަޒީފާ އަދާކުރާ އޮފީހުން ދޭ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ޙައްދު ނުވަތަ ތަޢުޒީރުގެ ޙުކުމް ތަންފީޛުކުރުމުގެ މަސައްކަތް ކުރެވޭފަދަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  • އުމުރުން 45 އަހަރުން ދަށުގެ މީހަކު ކަމުގައިވުން.
  • ރަސްމީގަޑީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

ސުންގަޑި:

2015 ޖަނަވަރީ 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 6520506 އަށް ގުޅުން އެދެމެވެ.

04 ޖަނަވަރީ 2015