މަސައްކަތް
ނަންބަރު: (IUL)321-A/321/2023/88
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 04 އޭޕްރިލް 2023 00:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫ ކައުންސިލުން، ޑްރައިވިންގ ޓްރެކް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުން

(IUL)321-A/321/2023/88 :ނަންބަރު        

އިޢުލާން

ބ.ތުޅާދޫ ކައުންސިލުން، ޑްރައިވިންގ ޓްރެކް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުން

ބ.ތުޅާދޫ ކައުންސިލުން، ޑްރައިވިންގ ޓްރެކް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދާއި (އުރީދޫ ޓަވަރުގެ ދެކުނަށް އޮތް ސަރަޙައްދު) އެ ސަރަޙައްދުގެ ދެކުނަށް އޮތް މަގުގައި ހުރި ބޮޑެތި ރުއްގަސް ކަނޑާ، ކުދި ރުއް ނަގާކައުންސިލުން ދައްކާ ތަނަކަށް ބަދަލުކޮށް، ވިނަ ނޮޅައި އަދި ބިން ސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތުގެ ތަފްސީލް މި އިދާރާއިން ދޫކުރާ (ޑްރައިވިންގ ޓްރެކް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ސާފުކުރުމަށް އަގު ހުށަހަޅާ ފޯމް) އަގުބަލާ ފޯމާއި އެއްހީރަސްކުރެވިފައި ވާނެއެވެ.

އަގުބަލާ ފޯމްތައް ބަލައިގަތުމަށާއި ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި:

2023 އޭޕްރީލް 04 ވާ އަންގާރަ ދުވަހުގެ 10:00 ގައި

އިތުރު މަޢުލޫމާތު:

  • އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ޑްރައިވިންގ ޓްރެކް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ސާފުކުރުމަށް އެދި" މިފަދައިން ޖަހާފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި އަގުބަލާ ފޯމު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2023 އޭޕްރީލް 04 ވާ އަންގާރަ ދުވަހުގެ 10:00ށް އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

08 ރަމަޟާން 1444

30 މާރިޗު 2023