ދިވެހިރާއްޖެ
މި އޮތޯރިޓީގެ ނަންބަރު:3.3/1/2023/12-179(IUL) އިއުލާނަށް އެކަށީގެންވާ ތަރުޙީބްލިބިފައި ނުވުމުން އިއުލާން ދެވަނަފަހަރަށް ހުޅުވާލުން.
އޮތޯރިޓީގެ ސީ.ޖީ ކޯޑުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ސަސްޓެއިނެބިލިޓީ ރިޕޯޓް ހާމަކުރުމުގެ އުސޫލެއް މިހާރުވަނީ އެކުލަވާލާފައެވެ. މި އުސޫލާ ގުޅިގެން ކުންފުނިތަކުގެ ސަސްޓެއިނަބިލިޓީ ރިޕޯޓިންގ ގައިޑްލައިން ތައްޔާރުކުރުމާއި އޮތިރިޓީއަށް ކަމާގުޅޭ ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިއުލާނާއެކު ޝާއިޢުކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (TOR) އަދި ޗެކްލިސްޓް ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން މި އޮތޯރިޓީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
ޕްރޮޕޯސަލް ބަލައިގަތުން:ތާރީޚާއި ގަޑި : 9 އޭޕްރީލް 2023 ދުވަހުގެ ހެނދުނު 00: 11އަށްއެޑްރެސް: މއ. އުތުރުވެހި/ 5 ވަނަ ފަންގިފިލާ / ކެނެރީމަގުޕްރޮޕޯސަލް ހުށަހަޅަންޖެހޭގޮތް: ޕީޑީއެފް ފޯމެޓްގައި ޕާސްވާޑް ޕްރޮޓެކްކޮށްފައި އޮތޯރިޓީގެ އީ-މެއިލް [email protected] އަށް
ނޯޓް: އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އޮތޯރިޓީއަށް ވަޑައިގެން އޮތޯރިޓީއާ ހިއްސާކުރާ ޕާސްވޯޑްގައި މައްސަލައެއްޖެހިގެން ޑޮކިއުމަންޓް ނުހުޅުވިއްޖެނަމަ ބިޑް ބާތިލުކުރެވޭނެކަމުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 5 އޭޕްރީލް 2023 ވަނަ ދުވަހު 00:11 ގެ ކުރިން [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި ސުވާލުތަކަށް ދެވޭ މަޢުލޫމާތު އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިއުކެރެވޭނެ އެވެ.
30 މާރިޗު 2023