ދިވެހިރާއްޖެ
"މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު" ޤާނޫނު ނަމްބަރު:21/98 ގެ 5 ވަނަ މާއްދައިގެ (ހ) ގެ ދަށުން ރަށުގައިހުރި ރުއްގަސް ރަށުކައުންސިލްގައި ރަޖިސްޓްރީ ކުރަންޖެހެއެވެ. އެގޮތުން، މިރަށުގައިހުރި ރުއްގަހުގެ ދަފުތަރެއް އެކުލަވާލުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. މިރަށުގައި ހުރި ރުއްގަހުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ތިރީގައިވާ 6 ޒޯން ގައިވާ ރުއްގަހުގެ ޒިންމާވާ ނުވަތަ ޒިންމާ ނަގާވާފަރާތް/ވެރިފަރާތުގެ އެފަދަ ރުއްގަސް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ރުއްގަހުގެ ވެރިން ހޯދަން ބޭނުންވާ 6 ޒޯމް (ތަފުސީލު، ޗާރޓާއިއެކު އެޓޭޗްކުރެވިފައި.)
ޒޯން A |
ކ. ދިއްފުށި، ވައިޖެހޭ މަގާއި އެމަގުން ފެށިގެން، ރަށުގެ އުތުރުރުގައި (ރަށުގެ އިހްތިސާސްގެތެރޭގައި، ހިކިފަސް އެންމެ އުތުރުގައި ހުރި "ކުޑަތުނޑި" ހިސާބާއި ޖެހެންދެން) ހުރި އެންމެހައި ރުއްގަސް. |
ޒޯން B |
ކ. ދިއްފުށި، ހިނާ މަގާއި އެމަގުން ފެށިގެން، ރަށުގެ އުތުރުރުގައި (ވައިޖެހޭ މަގާއި ޖެހެންދެން) ހުރި އެންމެހައި ރުއްގަސް. |
ޒޯން C |
ކ. ދިއްފުށި، ދިލާސާ މަގާއި އެމަގުން ފެށިގެން، ރަށުގެ އުތުރުރުގައި (ހިނާ މަގާއި ޖެހެންދެން) ހުރި އެންމެހައި ރުއްގަސް. |
ޒޯން D |
ކ. ދިއްފުށި، ކެޔޮޅުބެ ހިންގުން މަގާއި އެމަގުން ފެށިގެން، ރަށުގެ އުތުރުރުގައި (ދިލާސާ މަގާއި ޖެހެންދެން) ހުރި އެންމެހައި ރުއްގަސް. |
ޒޯން E |
ކ. ދިއްފުށި، ރަށުގެ އިހްތިސާސްގެތެރޭގައި، ހިކިފަސް އެންމެ އުތުރުގައި ހުރި "ބޮޑުތުނޑި" ހިސާބުން ފެށިގެން، އުތުރުރުގައި (ކެޔޮޅުބެ ހިންގުން މަގާއި ޖެހެންދެން) ހުރި އެންމެހައި ރުއްގަސް. |
ޒޯން F |
ކ. ދިއްފުށި، ރަށުގެ އިރުމަތީފަރާތުގައި އޮތް، ދަށުން އޮއެދެމޭ ގޮތަށް ރަށާއި ގުޅުވާލެވިފައިވާ ބިމުގެ ޞަރަހައްދުގައި ހުރި އެންމެހައި ރުއްގަސް. |
ރުއްގަހުގައި، ކާކުކަން އަންގައިދޭގޮތަށް ލިޔާ ނަން/އަކުރު އޮންނަންވީގޮތް، އަދި ފޮޓޯ ފޮނުވުން:
އެގޮތުން މިޞަރަހައްދުގައިވާ، ރުއްގަހުގައި 6 އިންޗި × 6 އިންޗީގެ ބޮޑުމިނުގެ އިނގިރޭސި އަކުރުތަކަކުން، ނަން ނުވަތަ އަކުރު އަޅަންވާނެއެވެ. ރުއްގަހުގެ ރަޖިސްޓަރީ ފޯމު ފުރިހަމަކުރުމަށްފަހު އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފާހަގަލާ ރުއްގަހުގެ ޞަރަހައްދު ފޮޓޯ އަދި ވަކިވަކި ފޮޓޯ (ރުއް/ގަސް އެއްކޮށް އަރާގޮތަށް)، ނެގުމަށްފަހު، މިއިދާރާގެ ނަންބަރު 7730071 އަށް ވައިބާ ކުރެއްވުން އެދެމެވެ.
ރުއްގަހުގެ ވެރިންގެ މަޢުލޫމާތު ފޯމު ފުރިހަމަކޮށް ހުށަހަޅަންޖެހޭ ތާރީޚް:
ރަށުގައި ހުރި ރުއް/ގަސް ރަޖިސްޓްރީ ކުރުމަށް ފަސޭހަކުރުމަށްޓަކައި، ހުރިހާ ރުއް/ގަހެއް ވަނީ 6 ޒޯންއަކަށް ބައިކުރެވިފައެވެ. ވީމާ، ތިރީގައި ބަޔާންވެފައިވާ ސުންގަޑީގެ ކުރިން އެ ޞަރަހައްދުތަކުގައިވާ ރުއް/ގަސް ރަޖިސްޓްރީކުރުމަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.
ޞަރަހައްދު |
ސުންގަޑި |
ޒޯން A ގައި ހުރި ރުއް/ގަސް |
2023 އޭޕްރިލް 02، ވާ ދުވަހުގެ 09:00 އިން ފެށިގެން، 2023 އޭޕްރިލް 06، ވާ ދުވަހުގެ 13:00 ގެ ނިޔަލަށް. |
ޒޯން B ގައި ހުރި ރުއް/ގަސް |
2023 އޭޕްރިލް 09، ވާ ދުވަހުގެ 09:00 އިން ފެށިގެން، 2023 އޭޕްރިލް 13، ވާ ދުވަހުގެ 13:00 ގެ ނިޔަލަށް. |
ޒޯން C ގައި ހުރި ރުއް/ގަސް |
2023 އޭޕްރިލް 16، ވާ ދުވަހުގެ 09:00 އިން ފެށިގެން، 2023 އޭޕްރިލް 20، ވާ ދުވަހުގެ 13:00 ގެ ނިޔަލަށް. |
ޒޯން D ގައި ހުރި ރުއް/ގަސް |
2023 އޭޕްރިލް 24، ވާ ދުވަހުގެ 08:00 އިން ފެށިގެން، 2023 އޭޕްރިލް 27، ވާ ދުވަހުގެ 14:00 ގެ ނިޔަލަށް. |
ޒޯން E ގައި ހުރި ރުއް/ގަސް |
2023 އޭޕްރިލް 30، ވާ ދުވަހުގެ 08:00 އިން ފެށިގެން، 2023 މެއި 04، ވާ ދުވަހުގެ 14:00 ގެ ނިޔަލަށް. |
ޒޯން F ގައި ހުރި ރުއް/ގަސް |
2023 މެއި 07، ވާ ދުވަހުގެ 08:00 އިން ފެށިގެން، 2023 މެއި 11، ވާ ދުވަހުގެ 14:00 ގެ ނިޔަލަށް. |
ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ރުއްގަސްތަކާއިމެދު ޤާނޫނު ނަމްބަރު:21/98 ގެ 5 ވަނަ މާއްދައިގެ (ރ) ގައިވާގޮތުގެ މަތީން ޢަމަލުކުރެވޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. މިއިޢުލާނާއިއެކު، ރުއް/ގަސް ރަޖިސްޓްރީ ކުރާ ފޯމާއި، ރުއްގަހުގެ ލިސްޓް، ޞަރަހައްދުތަކުގެ ޗާރޓް އާންމުކުރަމެވެ.
08 ރަމަޟާން 1444
30 މާރިޗު 2023