ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESMS/2023/13
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 31 މާރިޗު 2024 00:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުއްދަނެތި ކާށި އެޅުމާއި ވެއްޓޭކާށި ހޮވުމާއި ގަސްގަހުންތަކެތި ބިނދެ ވިއްކުމާގުޅޭ

އިޢުލާން

އާންމުސަރަޙައްދުތަކުގައި ހުންނަ ވަކި ފަރުދުންނާއި، ރައްޔިތުންގެ ރުއްތަކުން  ހުއްދަ ނެތި ރުކުއެޅުމާއި، ރުއްތަކުން ވެއްޓޭ ކާށި ހޮވުމާއި، ގަސްގަހުގައި އަޅާ ތަކެތި ބިނުމާއި، ބޭނުން ކުރުމަކީ މަނާ ކަމެއްކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

އަދި މިފަދަ ގޮތްގޮތައް ހޯދާފައިވާ ކަމަށް ޝައްކު ކުރެވޭ ތަކެތި ގަނެ، އެފަދަ މުޢާމަލާތް ކުރުމަކީ މިފަދަ ކަންކަން ކުރާ ފަރާތްތަކަށް  އިތުރަށް ހިތްވަރުދީ މުޖުތަމަޢު އިތުރަށް ފަސާދަ ކުރުވުމަށް މަގުފަހިކޮށްދޭ ކަމެއް ކަމުގައި މިކައުންސިލުން ދެކެމެވެ.

މަތީގައި ފާހަގަ ކުރެވުނު ކަންކަން ހުއްޓުވުމަށް މިކައުންސިލުން އަދި މ.މުލީ ޕޮލިހުން ގުޅިގެން މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ނަމަވެސް މިކަމަކީ އާންމު ހުރިހާ ރައްޔިތުންގެ އެއްބާރުލުން ނުލިބި ހައްލު ނުވާނެ ކަމެއްކަމުގައި ކައުންސިލުން ދެކެމެވެ.

އެހެންކަމުން ރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ވަކި ފަރުދުންނާއި، ރައްޔިތުންގެ ރުއްތަކުން  ހުއްދަ ނެތި ރުކުއަޅާ، ރުއްތަކުން ވެއްޓޭ ކާށި ހޮވާ،  ގަސްގަހުގައި އަޅާ ތަކެތި ބިނދެ، ބޭނުންކޮށް އަދި މިފަދަ ގޮތްގޮތައް ހޯދާފައިވާ ކަމަށް ޝައްކު ކުރެވޭ ތަކެތި ވިއްކަން އުޅޭ ކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެ މަޢުލޫމާތު މ.މުލި ޕޮލިސްއަށް ރިޕޯޓް ކުރައްވަމުން ގެންދެވުން އެދެމެވެ. އަދި މަނާ ގޮތަކަށް ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ ތަކެތި ކަމަށްވާނަމަ ރައްޔިތުން އެ ތަކެތި ގަތުން ހުއްޓާލެއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

30 މާރިޗު 2023