ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2023/046
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 06 އޭޕްރިލް 2023 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ / އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ / އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ޓްރެއިނިންގ އެންޑް ޑިވޮލޮޕްމަންޓް ޔުނިޓް

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

24

މުސާރަ:

މަހަކު  7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,064.83 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު  2,502.94 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 7/8 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެޑްމިނިސްޓްރޭޓިވް އޮފިސަރ (މެކްސިމަމް)  މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (މެކްސިމަމް)

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ޓްރެއިނިންގ އެންޑް ޑިވޮލޮޕްމަންޓް ޔުނިޓް

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

18

މުސާރަ:

މަހަކު  5,956.80 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  2,552.92 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު  2,084.88 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

އެޑްމިނިސްޓްރޭޓިވް އޮފިސަރ (މެކްސިމަމް) މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެޑްމިނިސްޓްރޭޓިވް އޮފިސަރ (މިނިމަމް) މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (މިނިމަމް)

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ޓްރެއިނިންގ އެންޑް ޑިވޮލޮޕްމަންޓް ޔުނިޓް

ގްރޭޑް:

2

ސްޕައިން ޕޮއިންޓް:

10

މުސާރަ:

މަހަކު  4,668.61 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  2,000.83 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 1,634.01 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

މަގާމުގެ ޝަރުތު:

  1. ގްރޭޑް 12 ނިންމާފައިވުން.ނުވަތަ،
  2.  ގްރޭޑް 10 ނިންމާފައި 2 އަހަރު ދުވަހުގެ ތަޖްރިބާމަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ސެޓިފިކެޓް ލެވެލް 1 ނުވަތަ 2،ގެ ސަނަދެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،

މަޤާމުގެ މަސްޢޫލިއްޔަތު:

  • ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން އަދި އޮޕަރޭޝަނަލް ޕްލޭނަްގައި ކަންޑައެޅޭ ލަނޑުދަނޑިތައް ހާޞިލް ކުރުމަށް ޔުނިވަރސިޓީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުމަށް އެހީތެރިވުން.
  • ޔުނިވަރސިޓީގެ މުވައްޒަފުންނަށް ބޭނުންވާ ކުރު މުއްދަތުގެ ޕްރޮފެޝަނަލް ޑެވެލޮޕްމަންޓް ފުރުޞަތުތައް އަދި އެހެނިހެން ތަމްރީނު ފުރުޞަތުތައް ދެނެގަތުމުގައި ސެކްޝަންގެ ވެރިޔާއަންގަވާ ގޮތެއްގެ މަތިން ކުރަންޖެހޭ ކަންކަން ކުރުމާއި އެހީތެރިވުން.
  • މުވައްޒަފުންގެ ވަޒީފާއާއި ގުޅޭގޮތުން ތަނުން ދޭންޖެހޭ ތަމްރީންތައް ރޭވުމުގަޔާއި ހިންގުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމާއި ކޯހުގައި ކިޔަވައިދޭ ފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުން. އަދި މިފަދަ ތަމްރީނުތަކުގެ ފީޑްބެކް ނެގުމާއި، އިމްޕެކްޓް ދެނެގަތުމުގައި ކުރަންޖެހޭ ކަންކަމުގައި އެހީތެރިވެދިނުން.
  • ޔުނިވަރސިޓީގެ ފަރާތުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ކޯހުގެ ކަންކަން ބަލާ، ބަލަހައްޓަންޖެހޭ ރެކޯރޑްތައް ބެލެހެއްޓުމާއި، ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގައި ހަރަކާތްތެރިވުން. އަދި އެފަރާތްތަކުން ފޮނުވާ ކަންކަން ހުށަހަލަންޖެހޭ ފަރާތްތަކަށް ހުށަހަޅާ މުވާމަލާތުކުރުން.
  • ޔުނިވަރސިޓީގެ ފަރާތުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ސްޓައިޕެންޑް އަދި ކޯސްފީއަށް ޤަވާޢިދުން ދައްކަންޖެހޭ / ޖަމާކުރެވޭ ޢަދަދުތަކުގެ ހިސާބުތަކާއި އޭގެ ތަފްޞީލު ބަލަހައްޓައި، ފައިސާ ޖަމާކުރުމަށް ފައިނޭންސް ސެކްޝަނަށް ފޮނުވާ ރިކުއެސްޓާއި ލިޔުންތައް ފައިނޭންސް ސެކްޝަނަށް ފޮނުވާ، ފައިސާ ޖަމާކުރިތޯ ބަލައި ކަށަވަރުކުރުން.
  • ޔުނިވަރސިޓީގެ ސްޓާފް ޑެވެލޮޕްމަންޓް ސިޔާސަތުގެ ދަށުން ފައިސާގެ އެހީއަށް އެދިފައިވާ މުވައްޒަފުންގެ ކޯސްފީއަށް ޤަވާޢިދުން ދައްކަންޖެހޭ / ޖަމާކުރެވޭ ޢަދަދުތަކާއި އޭގެ ހިސާބުތަކުގެ ތަފްޞީލު ބަލަހައްޓައި، ފައިސާ ޖަމާކުރުމަށް ފައިނޭންސް ސެކްޝަނަށް ފޮނުވާ ރިކުއެސްޓްތަކާއި ލިޔުންތައް ފައިނޭންސް ސެކްޝަނަށް ފޮނުވާ ފައިސާ ޖަމާކުރިތޯ ބަލައި ކަށަވަރުކުރުން.
  • ސެމިނަރ ކޮންފަރެންސް ވާރކްޝޮޕް އަދި ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބޭނުންވާ ޓިކެޓް/ވިސާ އަދި އެހެނިހެން ކަންތައްތައް ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ޤަވާއިދުން ކުރުން.
  • ސެކްޝަންގެ ލިޔެކިޔުންތައް ރަގަޅު ގޮތުގައި ބެލެހެއްޓުމާއި، އެކިބާވަތުގެ ރެކޯރޑްތައް ބަލަހައްޓާ ހަމަޖެހިފައިވާ ނިޒާމްގެތެރެއިން އެކިފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިކަން ދިނުން.
  • ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމް ބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
  • މުވައްޒަފުންގެ ތަމްރީނުތަކާއި ގުޅިގެން ހަދާޤަވާއިދުތަކާއި އަދި އުސޫލުތައް ލިޔުމާއި، މުރާޖާކޮށް އަދާހަމަކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • ހިއުމަން ރިސޯސް މެނެޖްމަންޓް ކޮމިޓީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެކޮމިޓީއަށް ހުށަހަޅައި، ކޮމެޓީގެ ނިންމުން އަންގަން ޖެހޭ ފަރާތްތަކަށް އަންގާ ވިލަރެސްކުރުން.
  • އެހެން ޑިޕާޓްމަންޓްތަކުން އަދި އޮފީސްތަކުން އެދިލައްވާ ސްޓެޓިސްޓިކްސް އަދި މަޢުލޫމާތު ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް ފޮނުވުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

23 އެޕްރީލް 06 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2023-46

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަންބަރު ފޯނަށެވެ.
30 މާރިޗު 2023