ބީލަން
ނަންބަރު: (IUL)GS-63-AD/GS-63/2023/18
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި:
10 އޭޕްރިލް 2023 11:00
ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވޭމަންޑޫ ސްކޫލްގެ ޔުނީފޯމް ފަހާދީ ވިއްކާނެ ފަރާތެއް ހޯދުން
މިސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ ޔުނީފޯމް ފަހާދީ އަދި ފަހަން ބޭނުންވާ މެޓީރިއަލްސް ވިއްކުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލާ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2 އޭޕްރިލް 2023 ން 9 އޭޕްރިލް 2023 ބަންދު ނޫން ކޮންމެ ދުވަހަކު 12:00 އަށް މިސްކޫލަށް ވަޑައިގެން/ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 9 އޭޕްރިލް 2023 ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 10 އޭޕްރިލް 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 13 އޭޕްރިލް 2023 ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ވޭމަންޑޫ ސްކޫލް
ތ ވޭމަންޑޫ ، ދިވެހިރާއްޖެ
ފޯން: 6780564 / 7717564
އީ-މެއިލް: [email protected]
30 މާރިޗު 2023