ކުއްޔަށް ދިނުން
ނަންބަރު: (IUL)399-CA/399/2023/54
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 04 އޭޕްރިލް 2023 12:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ގަން ތުނޑީ ބަނދަރު ސަރަހައްދު ފިނިހިޔާ މަގާއި ނަމޫނާމަގާއި ދެމެދުގައިވާ ރުއްތަށް ވަރުވާއަށް ދޫކުރުމާއި ގުޅޭ.

ލ.ގަން ތުނޑީ ބަނދަރު ސަރަހައްދު ފިނިހިޔާމަގާއި ނަމޫނާމަގާ ދެމެދު ގައިވާ ރުއްތަށް ވަރުވާއަށް ދިނުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން  04 އޭޕްރީލް 2023 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު [email protected] އަށް މެއިލް ކުރެއްވުންއެދެމެވެ. އަދި ތިރީގައި މި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަމް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގެ މަޢުލޫމާތު ކަރުދާސް ބީލަމުގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް 04  އޭޕްރީލް 2023 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ.

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓްރީވުމަށް

ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް [email protected]  އަށް މެއިލް ކުރައްވައިގެން

30 މާރިޗް 2023 އިން 04 އޭޕްރީލް 2023 އަށް

12:00 އަށް

2

ބީލަމުގެ މަޢުލޫމާތު ދިނުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް

06 އޭޕްރީލް 2023

(ބުރާސްފަތި)

11:30

3

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް

10 އޭޕްރީލް 2023

(ހޯމަ)

11:30

       އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށްވެސް ބިޑު ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމުގައި ރަޖިސްޓް     ރީ ކުރުމަށް އެދޭ ފޯމް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.  ވީމާ، މި ކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ. 

30 މާރިޗު 2023