ދިވެހިރާއްޖެ
'ވިއަވަތި ރާއްޖެ' ކޮންފަރެންސަށް ތަން ތައްޔާރުކޮށްދީ ވީޑިއޯ އަދި އޯޑިއޯ ސެޓްއަޕް ހަދައިދޭނެ ފަރާތެއް ހޯދުން
'ވިއަވަތި ރާއްޖެ' ކޮންފަރެންސަށް ތަން ތައްޔާރުކޮށްދީ ވީޑިއޯ އަދި އޯޑިއޯ ސެޓްއަޕް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް، 2023 އެޕްރީލް 5 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
ކުންފުނީގެ ނަން:
ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:
އީމެއިލް:
ފޯނު ނަންބަރު:
ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2023 އެޕްރީލް 5 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2023 އެޕްރީލް 12 ވާ ބުދަ ދުވަހުގެ 12:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
8 ރަމަޟާން 1444