ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)325-A/325/2023/19
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 10 އޭޕްރިލް 2023 12:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރގެ މަޤާމަށް މީހަކު ހޯދުން

އިޢުލާނު 

މަޤާމު:

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-375062

ބޭނުންވާ އަދަދު:

01  (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫކައުންސިލްގެ އިދާރާ

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލެވެންސް

 700.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2.  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމްގެ ޝަރުތު

 މަޤާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮގުތައް:

  • އެކައުންޓިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސް
   

މަޤާމުގެ ކޯ ޑިސިޕްލިންގ:

  • ފައިނޭންސް، އެކައުންޓިން
 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާގެ މަސައްކަތާއި ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި، ކައުންސިލްގެ އިދާރާ މެދުވެރިކޮށް މުސާރަ ދޭންޖެހޭ މުވައްޒަފުންނަށް (މިސްކިތު އިމާމުން) ކޮންމެ މަހެއްގެ ވެސް އެމަހެއްގެ ރަސްމީ މަސައްކަތު އެންމެ ފަހު ދެދުވަހުގެ ތެރޭގައި ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  4. ކައުންސިލަށް ފައިސާދައްކަން ޖެހޭ ފަރާތްތަކަށް ރައްދުކުރުމަށް ތައްޔާރުކުރަންޖެހޭ އިންވޮއިސްތައް ވިޔަމޮޑިއުލްގެ ތެރެއިން ތައްޔާރުކޮށް އެފަރާތްތަކަށް އިންވޮއިސް ފޮނުވުން.
  5. ކައުންސިލަށް ލިބޭ ބިލްތަކުގެ ތެރެއިން ވިޔަ މޮޑިއުލްގެ ތެރެއިން ތައްޔާރުކުރެވޭ ބިލް އެންޓްރީގައި ނުހިމެނޭ ބިލްތަކުގެ (ކަރަންޓްބިލް، ފޯން ބިލް، އިންޓަނެޓް ބިލް، ފެން ބިލް، އެގްރީމެންޓްތަކާއި ގުޅިގެން ލިބޭ ބިލްތަކުގެ) ބިލް އެންޓްރީ މެނުއަލްކޮށް ތައްޔާރުކޮށް ޤަވާއިދުން އަދާހަމަ ކުރަމުން ގެންދިޔުން.
  6. ފައިސާ ބަލައިގަތުމުގެ މަސައްކަތްކުރާ ދުވަހެއްނަމަ، އެދުވަހެއްގެ ފައިސާ ބަލައިގަންނަ ވަގުތު ހަމަވުމުން، އެދުވަހަކު ނަގުދުން ބަލައިގެން ފައިސާ ތިޖޫރީއަށް ލުމަށް ތިޖޫރީ ބަލަހައްޓާ މުވައްޒަފާއި ޙަވާލުކުރުން.
  7. ދަޢުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމަށް ޤަވާއިދުން ޓީ-ފޯމް ތައްޔާރުކޮށް ބެންކް މެދުވެރިކޮށް ޖަމާކުރުން.
  8. ކައުންސިލް ހިންގުމަށް ދަޢުލަތުން ދެއްވާ ގްރާންޓް ފައިސާއާއި، އާމްދަނީން ލިބޭ ފައިސާއާއި، އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ ވިޔަ މޮޑިއުލްގެ ތެރެއިން ބަލައިގަތުމުން އެޑްވާންސް ޕޭމެންޓް ވައުޗަރ ތައްޔާރުކޮށް، އޭ،ސީ.އާރު ރިކައުންސިލްކޮށް ވިޔަ މޮޑިއުލްގެ ތެރެއިން ކޯޑްތަކަށް އެފައިސާ ރިލީޒް ކުރުމުގެ މަސައްކަތް ކުރުން.
  9. ކައުންސިލުން ތައްޔާރުކުރަންޖެހޭ އެންމެހާ ޕޭމަންޓް ވައުޗަރތައް މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ވިޔަމޮޑިއުލްގެ ތެރެއިން ތައްޔާރުކޮށް، ސޮއިކުރުވުމަށްފަހު، ބެންކް މެދުވެރިކޮށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުމުގެ އެންމެހައި މަސައްކަތްތައް ކުރުން. އަދި ފައިސާ އެފަރާތްތަކަށް ދެއްކިއްޖެކަން ޔަޤީންކުރުމަށްފަހު، ޕޭމަންޓް ވައުޗަރާއި އެއްހީރަސްކުރަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް އެއްހީރަސް ކުރުމަށްފަހު، ޤަވާއިދުން ވިޔަމޮޑިއުލްގައި ޕީ.ވީތައް އެޓޭޗްކުރަމުން ގެންދިޔުން.
  10. ސެކުޝަނުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ / މެސެޖް/ ރިޕޯޓް ފަދަ ތަކެތި ފޮނުވައި ޤަވާއިދުން ފައިލްކުރުން.
  11. ކޮންމެ އަހަރެއްގެ ޖުލައި 31 ގެ ކުރިން ކުރިއަށް އޮތްއަހަރުގެ ކައުންސިލްގެ ބަޖެޓް ވެރިން އަންގަވާ ގޮތެއްގެ މަތިން ތައްޔާރުކޮށް ޤާނޫނުން ލާޒިމްކުރާ މުއްދަތުގެ ތެރޭގައި އަތޮޅު ކައުންސިލަށް ފޮނުވުން.
  12. ކައުންސިލުން ބަޖެޓް ފާސްކޮށްދެއްވުމުން، ވިޔަމޮޑިއުލްއަށް ބަޖެޓް އެންޓަރކުރުން.
  13. ކޮންމެ އަހަރެއްގެ މާރޗް މަހުގެ 31 ގެ ކުރިން ހުށަހަޅަންޖެހޭ ނިމިދިޔަ އަހަރުގެ މާލީ ބަޔާން ތައްޔާރުކުރުމުގައި މާލީޒިންމާދާރުވެރިޔާ އަންގަވާ ގޮތެއްގެ މަތިން މަސައްކަތްކޮށްދިނުން.
  14. ކައުންސިލުން ތައްޔާރުކުރާ ރިޕޯޓްތަކަށް ބޭނުންވާ ބަޖެޓާއި ގުޅޭ އެންމެހައި މަޢުލޫމާތު ރިޕޯޓްތައްޔާރުކުރާ މުވައްޒަފަށް ފޯރުކޮށްދިނުން.
  15. މުވައްޒަފުން ރަސްމީ ބޭނުމުގައި ރަށުންބޭރަށް ކުރާ ދަތުރުތަކުގެ ރެކޯޑް ބެލެހެއްޓުން.
  16. އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ފައިސާ ޤަވާއިދުން އެފަރާތްތަކާ ހަވާލުކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން.
  17. ކައުންސިލްގެ އެކައުންޓްތަކަށް ޖަމާކުރަންޖެހޭ ފައިސާ، ތިޖޫރީ ބަލަހައްޓާ މުވައްޒަފު އަންގަވާ ގޮތެއްގެ މަތިން ޖަމާކުރުމާއި،ޖަމާކުރެވޭ ފައިސާގެ ހިސާބު ބެލެހެއްޓުން.
  18. ސެކްޝަންގައި އެކުގައި މަސައްކަތްކުރައްވާ އިދާރީ މުވައްޒަފު ސަލާމް / ޗުއްޓީ ނެންގެވުމުން އެމުވައްޒަފުގެ މަސައްކަތްތައް ކުރުން.
  19. ކައުންސިލުން ކުރިޔަށް ގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2-ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)

3-ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  

4-ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5-ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)    މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 

6-މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

(ބ) ދައުލަތުގެ އުވާލެވިފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާ ދުވަސް އެނގޭގޮތަށް ) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި  ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ ރެކްރޫޓް މަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ " ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކްފޯމް"

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވުން
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު       
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
  • ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާގުޅޭ ސަނަދަށްދެވޭ ޕޮއިންޓް                            

30%

5%

5%

      5%

  • އެސެސްމަންޓް ( އިމްތިހާނު ނުވަތަ ޕްރެކްޓިކަލް )

20%

  • ލިބިފައިވާ ހުނަރު (އިންޓަރވިއު)

35%

 

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބޭ ޕޮއިންޓްގެ ޖުމްލަ 60% (ފަސްދޮޅަސް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  10 އެޕްރީލް 2023  ވާ ހޯމަ ދުވަހުގެ  12:00 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދިޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 24 އެޕްރީލް 2023 އާއި 27 އެޕްރީލް 2023 އާ ދެމެދު، ބ. ގޮއިދޫކައުންސިލް އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ6600005 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ޢައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

30 މާރިޗު 2023