ދިވެހިރާއްޖެ
ޢާންމުކޮށް ޓެކްސްޓްފޮތް ބޭނުންވާ ތަފާތު ފަރާތްތަކަށް ޓެކްސްޓް ފޮތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ބައެއް ޓެކްސްޓް ފޮތްތައް ޗާޕުކުރުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ވެލާނާގޭގެ 9 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ވެލާނާގޭގެ 9 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
11 ޖަނަވަރީ 2015 (އާދީއްތަ) ދުވަހުގެ 10:00 އަށް |
15 ޖަނަވަރީ 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.
15 ރަބީޢުލްއައްވަލް 1436