ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީސް ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ކުރިއަށް އޮތް 3 އަހަރަށް (2023 - 2025) ބޭނުންވާ އެކްޓިވިޓީސް ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ކުރި ނަންބަރު: GS19-C/IUL/2023/09(2023 މާރިޗު 06) އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަންތައް ފުރިހަމަ ނުވާތީ ތިންވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
1. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 މާރިޗު 30 ން އޭޕްރީލް 05އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިމަދަރުސާއަށް ވަޑައިގެން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކް: https://forms.gle/7LwWDiTGpcZUCZsK6
2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޭޕްރީލް 05 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
3. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 އޭޕްރީލް 09 ވާ އާދިއްތަ ދުވަހުގެ 11:30 ގައި މިމަދަރުސާގެ މީޓިންގ ރޫމްގައެވެ.
4. ސަމާލުކަން ދޭންވީ ކަންތައް:
ހ. މި މަސައްކަތަށް ކުރިމަތިލެވޭނީ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި، ތަކާއި، ކުންފުނިތަކަށެވެ.
5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހއ. އަތޮޅު މަދަރުސާ
ހއ. ހޯރަފުށި
ފޯން: 6500048، 7797292
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
08 ރަމަޟާން 1444
30 މާރިޗު 2023