މަސައްކަތް
ނަންބަރު: (IUL)459-A/459/2015/1
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 14 ޖަނަވަރީ 2015 11:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް

މިމިނިސްޓްރީއަށް ވެބްސައިޓް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 11:00އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

16 ރަބީޢުލްއައްވަލް 1436

07 ޖަނަވަރީ 2015