ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)386/386/2023/22
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 09 އޭޕްރިލް 2023 13:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ލައިސަންސް ނެގުމަށް ދުއްވުމުގެ ޓެސްޓް ހެދުމަށް އެގްޒަމިނަރއެއް ހަމަޖެއްސުން

އެއްގަމު އުޅަނދު ލައިސަންސް ނެގުމަށް ދުއްވުމުގެ ޓެސްޓް ހެދުމަށް އެގްޒަމިނަރއެއް ހަމަޖެއްސުން

             އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް މިއިދާރާއިން ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ ފަރާތެއް ހޯދުމަށް 07 މާރިޗު 2023 ވަނަ ދުވަހު ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށް ކުރިމަތިލާފައި ނުވާތީ އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ.

          މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މިފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. ދުއްވުމުގެ އިމްތިހާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި މިއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ.

ބޭނުންވާ އަދަދު: 01 (އެކެއް)

އުޖޫރަ:

  • 2 ފުރޮޅުލީ އުޅަނދަކަށް 30.00 ރުފިޔާ
  • އެހެނިހެން އުޅަނދުތަކަށް 50.00 ރުފިޔާ

މި އަގުތައް ފާސްކޮށްފައިވަނީ ތ. ގުރައިދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 10 ވަނަ (11 މާރިޗު 2022) ޖަލްސާއިންނެވެ.

ޝަރުޠު

  • ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާ ރަނގަޅު ސިއްހަތެއްގައި ހުރުން.
  • ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކުރާ މީހެއް ކަމުގައި ނުވުން

ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން އެފަރާތަކަށް ލިބިފައިވާ އެއްގަމު ލައިސަންސްގެ ކެޓަގަރީތައް އެގިވަޑައިގަންނަވާނެ ލިޔުންތަކާއި އެފަރާތުގެ އައި. ޑީ ކާޑުގެ ފޮޓޯ ކޮޕީ އާއި 01 މަސްނުވާ ޕޮލިސް ރިޕޯޓް އަދި ވަނަވަރާއިއެކު ސިޓީއަކުން 09 އޭޕްރީލް 2023 ވަނަ ދުވަހު 13.00 ގެ ކުރިން މިއިދާރާއަށް ފޮނުއްވުން އެދެމެވެ. އެގްޒަރމިނާރ ޢައްޔަންކުރުމުގައި C3، C4 ގެ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކާއި، އެންމެ ގިނަ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ރަމަޟާން 1444

29 މާރިޗު 2023

29 މާރިޗު 2023