މަސައްކަތް
ނަންބަރު: FNK-K (T) FNK/IUL/2015/004
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 15 ޖަނަވަރީ 2015 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
03 ޖަނެރޭޓަރ ސެޓް ކަސްޓަމުން ކްލިއަރ ކޮށްގެން އައްޑޫސިޓީ އަދި ފުވައްމުލަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމާބެހޭ

03 ޖަނެރޭޓަރ ސެޓް ކަސްޓަމުން ކްލިއަރ ކޮށްގެން އައްޑޫ ސިޓީ އަދި ފުވައްމުލަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމާބެހޭ

މިކުންފުނީގެ ފަރާތުން ރާއްޖޭން ބޭރުން އޯޑަރކޮށްގެން ގެނެވޭ 01 މެގަވޯޓުގެ 03 ޖަނެރޭޓަރ ސެޓް ކަސްޓަމުން ކްލިއަރ ކުރުމަށްފަހު، އައްޑޫސިޓީ އަދި ޏ. ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 15 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މިކުންފުނީގެ (މާލެ) ހެޑްއޮފީހަށެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.

17 ރަބީޢުލްއައްވަލް 1436

08 ޖަނަވަރީ 2015