ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)334/334/2023/39
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 06 އޭޕްރިލް 2023 00:13
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ސުޕަރވައިޒަރ (ފީލްޑް ސުޕަރވައިޒަރ)

ވަޒީފާގެ ފުރުޞަތު (ދާއިމީ)

 

މަޤާމު:

އެސިސްޓެންޓް ސުޕަރވައިޒަރ (ފީލްޑް ސުޕަރވައިޒަރ)

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް އެސް 3 (SS3 (

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 3

ސެކްޝަން

 އިކޮނޮމިކް މުނިސިޕަލް އެންޑް ސޯޝަލް ސާރވިސަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ / ކ.ހުރާ

މުސާރަ:

މަހަކު 4100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 4000 ރުފިޔާ

ފުޑް އެލަވަންސް:

މަހަކު 1200 ރުފިޔާ

ރިސްކް އެލަވަންސް:

މަހަކު 750 ރުފިޔާ

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ ނުވަތަ ކައުންސިލްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. ރަމަޞާން މަހުގެ މުނާސަބަތުގައިދޭ އެލަވަންސް، އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާތީ މުސާރައިގެ އިތުރުންދޭ އެލަވަންސް ހަމަޖެހިފައިވާ ޤަވާޢިދުގެ މަތިން ދެވޭނެއެވެ. އަދި ސަރުކާރުން / ކައުންސިލުން ދެއްވާ މިނިމަމް ވޭޖް ހަމަކުރަން ދެއްވާ އެލަވަންސް ލިބޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މަޤާމުގެ މަސްއޫލިއްޔަތު :

  • ކައުންސިލުން ކަނޑައަޅާ މަސައްކަތްތައް ސުޕަރވައިޒް ކުރުން.

-          ކައުންސިލުގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީ އަދި ފެރީ ދޯނީގެ  މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒް ކުރުން.

-          ރަށުގެ ބަނދަރު ސަރަހައްދު ސުޕަރވައިޒްކުރުން.

-          ވޭސްޓް މެނޭޖްމެންޓް ގެ ކަންކަން ބަލާ ސުޕަރވައިޒްކުރުން.

  • ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އުޅަނދު/ ފުޅަނދު ދުއްވާ އެތަކެތި  ބެލެހެއްޓުން.
  • ކައުންސިލްގެ ކަނޑު އުޅަނދުފަހަރުގައި ކައްޕި/ފަޅުވެރިއަކު ނެތިދާ ހާލަތްތަކުގައި އެ މަސްއޫލިއްޔަތު އަދާކުރުން.
  • މަގު ބައްތިތަކާއި ބަނދަރު ބައްތިތަށް ދިއްލާ ބެލެހެއްޓުން.
  • ކައުންސިލުން ހަވާލުކުރާ އެކިއެކި މަސައްކަތްތަކުގައި އެހީތެރި ވެދިނުން.
  • މީގެއިތުރުންވެސް ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަށް  ބެލެހެއްޓުން(.)

 

 

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.
  2. ގުޅޭ ދާއިރާއެއްގައި 2 އަހަރަށް ވުރެ ކުޑަނޫން މުއްދަތެއްގައި މަސައްކަތް ކޮށްފައިވުން.
  3. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ( ކެޓަގަރީ : A0, A1, B1, C1, C2 )އޮތުން
  4. ކަނޑު އުޅަނދު ދުއްވުމުގެ ލައިސެންސް (ކެޓަގަރީ :A, B, C, D   ) އޮތުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ގުޅޭ ދާއިރާތަށް/ނުވަތަ ޖެނެރަލް އެޑިޔުކޭޝަން/ނުވަތަ ރަގަޅަށް ލިޔަންކިޔަން އެގުން

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޖެނެރަލް މަސައްކަތުގެ ދާއިރާތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. އެއްގަމު އަދި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ގެ ދެފުށުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ) އެއްވެސް ސަރުކާރު ނުވަތަ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ ލިޔުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވުން 50%
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5
  • ·         އިންޓަރވިއު 40%

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 6 އޭޕްރީލް 2023 ގެ 13:00 ގެ ކުރިން، މާލެއަތޮޅު ހުރާ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް  ނުވަތަ މުއްދަތަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްކޮށް އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640074 އަށެވެ. އީ-މެއިލް ކުރާނީ [email protected]

 އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

07  ރަމަޟާން  1444

29   މާރިޗު   2023

29 މާރިޗު 2023