ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2023/94
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 01 އެޕްރީލް 2023 00:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމާއި ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނު ތަކެއް 2023 މާރިޗް 30 ވަނަ ދުވަހުގެ 18:00 އިން 23:59 އަށް އަދި 2023 މާރިޗު 31 ވަނަ ދުވަހުގެ 00:00 އިން 01:00 އަށް ޅ. މާފިލާފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް

 

 

1-      ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް:

އޭ.ކޭ.ސީރީޒް ރައިފަލް

2-      ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިން:

4600 މީޓަރ

3-      ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިން:

300 މީޓަރ

4-      ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިން:

ސީ. ލެވެލް

5-      ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަން:

ޅ. މާފިލާފުށި އިރު ދެކުނު ސަރަހައްދު

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

29 މާރިޗު 2023