މަސައްކަތް
ނަންބަރު: MWSC-61/ADV/2015/003
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި: 15 ޖަނަވަރީ 2015 15:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ވެއަރހައުސް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

އެމް.ޑަބްލިޔޫ.އެސް.ސީ ގެ ފަރާތުން ކ.ގުޅިފަޅުގައި ހެދުމަށް ހަމަޖެހިފައިވާ ވެއަރހައުސް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން (ސިވިލް ވާރކްސް އެންޑް އިރެކްޝަން އޮފް ޕްރިފެބްރިކޭޓެޑް ބިލްޑިންގ)

މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިޔޫ.އެސް.ސީ ގެ ފަރާތުން ކ.ގުޅިފަޅުގައި ހެދުމަށް ހަމަޖެހިފައިވާ ވެއަރހައުސް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެެވެ. (ސިވިލް ވޯރކްސް އެންޑް އިރެކްޝަން އޮފް ޕްރިފެބްރިކޭޓެޑް ބިލްޑިންގ). ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/500ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 11 ޖަނަވަރީ 2015 އިން 15 ޖަނަވަރީ 2015 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 03:00 އަށް އެމް.ޑަބްލިޔޫ.އެސް.ސީ (ނިކަގަސް ހިނގުން) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 19 ޖަނަވަރީ 2015 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ. ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 22 ޖަނަވަރީ 2015 ވާދުވަހުގެ 10:15 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 02 ފެބުރުވަރީ 2015 ވާ ދުވަހުގެ 11:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/10000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވޯޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ %5 ބިޑް އެވޯޑްކުރެވޭތާ 14 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

08 ޖަނަވަރީ 2015