ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)485/1/2023/20
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:24
ސުންގަޑި: 09 އޭޕްރިލް 2023 11:30
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ނެޓްވަރކް ސްވިޗް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ނަންބަރު:  485/1/2023/20(IUL)

ތަޢާރަފް   

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ނެޓްވަރކް ސްވިޗް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

މަޢުލޫމާތު ސާފުކުރުން:

މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 06 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެވެ.

މިސުވާލުތަކަށް 06 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 14:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ. އީމެއިލްގެ ޒަރީއާއިން ނޫން އެހެން އެއްވެސް ގޮތަކަށް މި މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްނުދެވޭނެވާހަކަ ދަންނަވަމެވެ.

 

ބީލަން ހުށަހެޅުން އަދި ބީލަމުގެ ވެލިޑިޓީ:

މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ09 އެޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ 11:30 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

29 މާރިޗު 2023