ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)201-A/1/2023/10
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 06 އޭޕްރިލް 2023 14:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

މި އިޢުލާންވަނީ 29 މާރިޗު 2023 11:39 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް:

ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން

އަސާސީ މުސާރަ:

6,950.00 ރ

ސާވިސް އެލަވަންސް:

2,500.00 ރ

ނޮންޕްރެކްޓިސިންގ އެލަވަންސް:

3,127.50 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

  1. އޭ ސީ ސީ އޭ ފަންޑަމެންޓަލް ނޮލެޖް މޮޑިއުލްތައް ފުރިހަމަކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ޕްރޮފެޝަނަލް ކޯސްތަކެއް ފުރިހަމަކޮށްފައިވުމާއެކު އެކައުންޓިންގ/ފައިނޭންސް ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. އެކައުންޓިން/ ފައިނޭންސް ދާއިރާއިން ޑިޕްލޮމާ ފާހެއް އޮތުމާއެކު އެކައުންޓިންގ/ފައިނޭންސް ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. އެކައުންޓިން/ފައިނޭންސް ދާއިރާއިން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ލެވެލް 4 ގެ ސެޓްފިކެޓެއް ޙާޞިލުކޮށްފައިވުމާއެކު އެކައުންޓިންގ/ފައިނޭންސް ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ޕްރޮކިއުމަންޓް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. ޢާންމު މަޞްލަޙަތާއި ޕްރޮކިޔުމަންޓްގެ މަޤުޞަދާ އެއްގޮތަށް، އަދި ޕްރޮކިޔުމަންޓްގެ ކަންތައްތައް ރާވާފައިވާ އުޞޫލުތަކާއި، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރުން
  3. ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް (ބީލަންވެރިންނަށް) ވާދަވެރިކަމާއެކު ބައިވެރިވެވޭނެ ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި، ވަކިފަރާތަކަށް ނުޖެހި މަސައްކަތްކުރުން
  4. ޕްރޮކިޔުމަންޓް ކަންތައްތަކާއި، ޕްރޮކިޔުމަންޓާ ގުޅުންހުރި ކަންތައްތަކާބެހޭގޮތުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ގަވާއިދުގައިވާ ގޮތުގެމަތިން މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން
  5. ޕްރޮކިޔުމަންޓްގެ ކަންތައްތައް ހިނގާގޮތާއި، ހިންގުމުގެ ފެންވަރު ބަލައި، ގެންނަން ފެންނަ އިސްލާޙުތައް މާލީޒިންމާދާރުވެރިޔާއަށް ހުށަހެޅުން
  6. ޕްރޮކިޔުމަންޓާބެހޭ އެންމެހައި މަޢުލޫމާތު ރައްކާކޮށް ބެލެހެއްޓުމާއި، ގަވާއިދުގައިވާ ގޮތުގެމަތިން އެމަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން
  7. އޮތޯރިޓީއަށް ބޭނުންވާ މުދާގަތުމާއި، ޚިދުމަތް ހޯދުމާއި، މަސައްކަތް ކުރުވާނެ ފަރާތްތައް، މިގަވާއިދުގައިވާ ގޮތުގެމަތިން ހޯދުމާއި، ޕްރޮކިޔުމަންޓާބެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ހިންގުމާއި، ބެލެހެއްޓުން
  8. ޕްރޮކިޔުމަންޓްގައި ބައިވެރިވާ ފަރާތްތަކުގެ (ބީލަންވެރިންގެ) މައުލޫމާތާއި، އެފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ސިއްރު ހިފެހެއްޓުން
  9. ކަރަޕްޝަނާއި، މަޤާމު ބޭނުންކޮށްގެން ތިމާއަށް ނުވަތަ ވަކިފަރާތަކަށް ނުވަތަ ވަކިބަޔަކަށް މަންފާއެއް ލިބޭފަދަގޮތަކަށް އެއްވެސް މަސައްކަތެއް ނުކުރުން. އަދި އަމިއްލަ މަޞްލަޙަތާއި ގުޅުންހުރި ކަންތައްތަކުން ދުރުހެލިވުން
  10. ބީލަމަށް ހުށަހަޅާ ޕްރޮކިޔުމަންޓްގެ ކަންތައްތަކާގުޅިގެން، ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް، މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ތައްޔާރުކުރުމާއި، ޝާއިޢު ކުރުމާއި، އިވެލުއޭޝަނާއި، ކޮމިޓީ މަރުހަލާގެ ނިންމުންތައް ނިމުމުން އެޕްރޮކިޔުމަންޓަކާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ގަވާއިދުގައިވާ ގޮތުގެ މަތިން އެކަންތައްތައް ހިންގާ ބެލެހެއްޓުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

6 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް:

  1. އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
29 މާރިޗު 2023