ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:32
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނޭކުރެންދޫއިން ދަނޑުބިން ދޫކުރުމުގެ އުޞޫލު

1. ތައާރުފާއި ނަން:

(ހ). މިއުޞޫލަކީ ޤާނޫނު ނަންބަރު 01/2002(ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު) އާއި ޤަވާޢިދު ނަންބަރު 2018/R-69 ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާޢިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާޢިދުގެ ދަށުން މޯލްޑިވްސް ލޭންޑް ސަރވޭ އޮތޯރިޓީން ފާސްކޮށްފައިވާ ހދ.ނޭކުރެންދޫ ލޭންޑް ޔޫސް ޕްލޭންއާއި އެއްގޮތަށް ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ޞަރަޙައްދުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.

(ށ). މި އުސޫލަށް ކިޔާނީ ” ނޭކުރެންދޫގައި ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ އުސޫލު” އެވެ.

2.މަޤްސަދު :

މިއީ ނޭކުރެންދޫ ގައި މިހާރަށްވުރެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރުމަށް ފުރުސަތު ފަހިކޮށްދީ

ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކޮށް ފުދުންތެރި ރައްޔިތެއް ބިނާކުރުމުގެ މަޤްސަދުގައި އެކުލަވާލެވިފައިވާ އުސޫލެކެވެ.             

3. ބިން ދޫކުރުމަށް ކަނޑައެޅިފައިވަ ސަރަޙައްދު

ހދ.ނޭކުރެންދޫ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާގޮތުގެ މަތިން، ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުން، ދަނޑު ދޫކުރާނެ ތާރީޚެއް ކަނޑައެޅުމަށްފަހު، އިޢުލާނުކުރެވޭއިރު، ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކާއި އަދި ވަކިވަކި ދަނޑުބިންތައް އެނގޭނޭގޮތުގެމަތިން، އެކުލަވާލައި އާންމުކުރަންވާނެއެވެ.

4. ދަނޑުބިން ދޫކުރުން

(ހ) ދަނޑުބިން ދޫކުރަންވާނީ، ކައުންސިލުން އެކަމަށް ފުރުޞަތު ހުޅުވައިލަންގެން ޢާންމުކޮށް އިޢުލާންކުރުމަށްފަހުގެއެވެ.

(ށ) ދަނޑުބިން ދޫކުރެވޭނީ މިކަމަށް އިޢުލާނުކުރުމުން، ކައުންސިލުން ދޫކުރާ، "ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދޭ ފޯމް" ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކެވެ.

(ނ) އިޢުލާނުކުރެވޭ ޢަދަދަށްވުރެ،  ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު އިތުރުވާ ކަމުގައިވަނީނަމަ،  ބިން ލިބޭނީ، އެންމެ މަތިން މާރކްސް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ދިމާވާ ފަރާތްތަކަށެވެ.

 (ރ) ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވަނީ އުޞޫލުގެ 5 ވަނަ މާއްދާ ނުވަތަ 6 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގިންތީގެ ތެރެއިން ގިންތިއަކަށެވެ.

5. ގޭބިސީތަކަށް ބިން ދޫކުރުން

(ހ) ގޭބިސީތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޢާންމު ދަނޑުވެރިކަމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކެވެ.

(ށ) މިގިންތީގެ ދަނޑުބިމަށް އެދި ހުށަހެޅޭނީ ނޭކުރެންދޫގައި ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކުގެ ތެރެއިން އެގޭގައި ދިރިއުޅޭ ނޭކުރެންދޫގެ ރައްޔިތުނަށެވެ.

(ނ) މި ގިންތީގެ ދަށުން ކުރެވޭ އިޢުލާނުން، ދޫކުރެވޭނީ، ކޮންމެ ގޭބިސީއަކަށް 1 ދަނޑުބިމެވެ.

(ރ) މި ގިންތީގެ ދަށުން ދޫކުރާ ބިން، 5000 އަކަފޫޓަށް ވުރެ ބޮޑުވެގެންނުވާނެއެވެ.

6. ވިޔަފާރިތަކަށް ބިން ދޫކުރުން

(ހ) ވިޔަފާރި ތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރި އުޞޫލުން ދަނޑުވެރިކަމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކެވެ.

(ށ) މިގިންތީގެ ދަނޑުބިމަށް ހުށަހެޅޭނީ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ. އެގޮތުން، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާރޓްނާޝިޕް، ކުންފުނި، ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.

(ނ)މި ގިންތީގެ ދަށުން ބިން ދޫކުރާނީ، 5000 އަކަފޫޓަށްވުރެ ކުޑަނުވާގޮތެއްގެމަތިން، 5000 އަކަފޫޓުން 5000 އަކަފޫޓުން ބޮޑު ކުރެވޭގޮތަށް 100000އަކަފޫޓުގެ ބޮޑުމިނަށެވެ.

7. ދަނޑުވެރިކަން ކުރުން

(ހ) ދަނޑުވެރިކަމަށް ދޫކުރެވޭ ބިމުގައި އިންދާ ހައްދަންވާނީ ކުރުމުއްދަތެއްގައި ނަފާ ލިބޭފަދަ ގަސްގަހެވެ.

(ށ) ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭ ބިމުގައި ދިވެހި ރުކާއި، ލަކުޑި ގަސްފަދަ ދަނޑުބިން ބޭކާރުވާފަދަ ގަސްގަހާގެހި އިންދާ ހެއްދުމަމަކީ މަނާކަމެވެ. އަދި އަނބު، ކުއްޅަވައް، މުރަނގަ، ފަތްކެޔޮ، ބަނބުކެޔޮ، ދުނބުރި ސައްކެޔޮ، އޮޅުއަލަ އަދި ކުންނާރު، ފަދަ  ގަސްތައް އިންދާ ހެއްދުމަކީ މަނާކަމެކެވެ. ބިމުގާ ބޮޑެތި ވަޅުގަޑު ކޮނެ އާނު ގަނޑު ނަގާ އަޑީގަ ހުންނަ ފަސްތައްނަގާ ބިން މައްޗައް ފަތުރާ ހެދުމަކީ މަނާކަމެކެވެ.

(ނ). ވިޔަފާރި އުސޫލުން ދޫކުރާ ބިންތަކުގައި މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބާވަތްތަކުގެ ތެރެއިން ފަތްކެޔޮ އިންދާ ހެއްދި ދާނެއެވެ.

8. އާއްމު ބައިތައް:

(ހ). ވިޔާފާރި އުސޫލުން ދޫކުރާ ބިންތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މި އުސޫލަށް އަމަލު ކުރަން ފަށާތާ ގިނަވެގެން 3 މަސް ދުވަހުގެ ތެރޭގައި ކައުންސިލުން ހުޅުވާލަންވާނެއެވެ.

(ށ). ނޭކުރެންދޫ ކައުންސިލުން ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާ ސަރަޙައްދުން ދޫކުރާ ބިން ފިޔަވައި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަނެއްގައި ކައުންސިލުގެ ހުއްދަނެތި އެއްވެސް ފަރާތަކުން ދަނޑުވެރިކަން ކުރުމަކީ މަނާކަމެކެވެ.

(ނ). މި އުސޫލަށް އަމަލު ކުރަން ފެށުމަށްފަހު ގޭގެއަށް ދޫކުރާ ދަނޑުބިން އެހެންފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

(ރ). އެއްވެސް ސަބަބަކާއިހެދި ދަނޑު ދޫކޮށްލަން ޖެހިއްޖެނަމަ، އެކަން ލިޔުމުން ކައުންސިލަށް އަންގަންވާނެއެވެ. ދަނޑުބިން ދޫކޮށްލާއިރު ދަނޑުގައި ހުންނަ ގޮވާމާއި ކޮއްފައިވާ މަސައްކަތައް ކައުންސިލުން ބަދަލު ދޭކަށް ނުޖެހޭނެއެވެ.

(ބ). މި އުސޫލަށް އަމަލު ކުރަން ފަށާ ތާރީޙުން ފެށިގެން 6 މަސް ދުވަހު ތެރޭގައި އާންމު ދަނޑު ވެރިކަން ކުރާ ދަނޑު ބިން ތަކުން މިމާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވާ ބާވަތްތަކުގެ ގަސްތައް ނައްތާލަން ވާނެއެވެ.

(ޅ). ދަނޑުބިމުގައި ސިމެންތި ނުވަތަ އުވަ ބޭނުން ކޮށްގެން އެއްވެސް އިމާރާތެއް  ނުވަތަ އިމާރާތެއްގެ ބައެއް ހަދައިގެން ނުވާނެއެވެ. އަދި މިފަދަ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް ހަދާފައިވާނަމަ މި އުސޫލަށް އަމަލު ކުރަން ފަށާ ތާރީޙުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ނައްތާލަން ވާނެއެވެ. މީގެތެރޭގައި ދަނޑުގެ ވަށައިގެން ޖަހާ ފެންސް ނުހިމެނޭނެއެވެ. ދަނޑުގައި ފެންސް ޖެހޭނީ މިކައުންސިލުން ދޫކުރާ ޙާއްސަ ހުއްދައެއްގެ ދަށުންނެވެ.

(ކ). މިއުޞޫލަށް ޢަމަލުކުރަން ފަށާތާރީހުން ފެށިގެން މިހާރު ހައްދާދަނޑުތަށް 3 މަސްދުވަހުގެތެރޭ އުވާލެވޭނެއެވެ.

9. ދަނޑުބިމުގެ މުއްދަތު

(ހ). އާންމު ދަނޑުވެރިކަން ކުރުމައްޓަކާ ކަނޑައެޅޭ ސަރަޙައްދުން ދަނޑުވެރިކަންކުރުމަށް ބިން ދޫކުރެވޭނީ މީލާދީ 5 (ފަހެއް) އަހަރުގެ މުއްދަތަށެވެ.

(ށ) ދަނޑުވެރިކަންކުރުމަށް ވިޔަފާރި އުސޫލުން ބިން ދޫކުރެވޭނީ މީލާދީ 10 (ދިހައެއް) އަހަރު ދުވަހަށެވެ.

(ނ) ކޮންމެ ގިންތިއެއްގެ ދަނޑެއްވެސް މުއްދަތު ހަމަވުމަށްފަހު އެދަނޑުގައި ކޮށްފައިވާ މަސައްކަތަށްބަލާ މުއްދަތު އާކުރެވިދާނެއެވެ.

10. ދަނޑުބިމުގެ ގިންތިތައް:

މި އުސޫލުގެ ދަށުން ދަނޑުބިން ދޫކުރެވޭނީ އަންނަނިވި ގިންތިތަކަށް ބަހާލައިގެންނެވެ.

(1). އާއްމު ދަނޑުވެރިކަމަށް ދޫކުރާ ބިން:

(ހ). އާއްމު ދަނޑުވެރިކަމަށް  ދޫކުރެވޭނީ 5000 (ފަސްހާސް) އަކަފޫޓްގެ ބިމެވެ.

(ށ). މި ގިންތީގެ ދަނޑުބިމަށް އެދި ހުށަހެޅޭނީ ނޭކުރެންދޫގައި ރަޖިސްޓްރީކޮށްފައިވާ ގޭބީސީތަކުގެތެރެއިން އެގޭގައި ދިރިއުޅޭ ނޭކުރެންދޫގެ ރައްޔިތުންނަށެވެ. މިގޮތުން ދޫކުރެވޭނީ ގޭބީސީއަކަށް 1 (އެކެއް) ދަނޑެވެ.

 (2). ވިޔާފާރި އުޞޫލުން ބިންދޫކުރުން:

(ހ). ވިޔަފާރި އުޞޫލުން ދޫކޫރާ ދަނޑުބިން ދޫކުރާނީ 5000 އަކަ ފޫޓަށްވުރެން ކުޑަނުވާ ގޮތުގެމަތިން، 5000 އަކަފޫޓުން 5000 އަކަފޫޓުން ބޮޑު ކުރެވޭގޮތަށް 100000އަކަފޫޓުގެ ބޮޑުމިނަށެވެ.

 (ށ). މި ގިންތީގެ ދަނޑުތަކަށް ހުރިހާ ފަރާތްތަކަށްވެސް ވިޔާފާރި އުޞޫލުން ދަނޑުބިން ހޯދުމަށް  ހުށައެޅިދާނެއެވެ. އޭގެ ތެރޭގައި ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމެންޓް، ކޯޕަރޭޓިވް ސޮސައިޓީ، ޖަމިއްޔާ ޖަމާއަތްތައް ހިމެނެއެވެ. އަދި ޢާއްމު އުސޫލުން ދަނޑު ހައްދާ ފަރާތްތަކަށް ވެސް މިގިންތީގެ ދަނޑުބިން ހޯދުމަށް އެދި ހުށައެޅިދާނެއެވެ.

11. ދަނޑުބިމަށް އެދި ހުށަހެޅުން:

(ހ). މި އުސޫލަށް އަމަލުކުރަން ފެށުމުން ދަނޑުބިންތަކަށް އެދުމުގެ ފުރުސަތު ކައުންސިލުން ހުޅުވަންވާނެއެވެ.

(ށ). ކައުންސިލުން ދަނޑުބިން ދޫކުރުމަށް ފުރުސަތު ހުޅުވުމުން އެކަމަށް އެދޭ ފަރާތްތަކުން ކައުންސިލުގެ އިދާރާއަށް ދަނޑުބިމަށް އެދޭ ފޯމު ހުށަހަޅަންވާނެއެވެ.

12. ފީ ނެގުން:

(ހ). ވިޔާފާރި އުސޫލުންދޫކުރާ ދަނޑުބިން ދޫކުރެވޭނީ ފުރަތަމަ އަހަރު އަކަފޫޓަކަށް މަހަކު 05 ލާރީ އަދި 2 ވަނަ އަހަރު ކޮންމެ މަހަކަށް 10 ލާރި ، 2 އަހަރު ފަހުން ހިނގާ ކޮންމެ އަހަރަކަށް މަހަކު 15 ލާރީގެ ރޭޓުންނެވެ. ވިޔަފާރި އުސޫލުން ދޫކުރާބިން ސާފްކޮށް ގޮވާން ކުރުމަށް އެއް ވެސް ފީއަކާއި ނުލާ ފުރަތަމަ 3 މަސްދުވަސް ހިލޭ ދޫކުރެވޭނެވެ.

(ށ). ވިޔަފާރި އުސޫލުން ދޫކުރާ ދަނޑުބިމަށް ކަނޑައެޅިފައިވާ ފީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހުގެ ކުރިން ދައްކާ ހަލާސް ކުރަންވާނެއެވެ. އަދި ބިމަށް އެދޭ ފަރާތުން ބޭނުންވެލައްވާނަމަ 1 އަހަރު ދުވަހުގެ ފީ އެކީ އެއްފަހަރާވެސް ދެއްކި ދާނއެވެ.

(ނ). 10 ވަނަ ދުވަހުގެ ފަހުން ފީ ބަލައިގަނެވޭނީ ފާއިތުވާ ކޮންމެ ދުވަހަކަށް 5/- ރުފިޔާގެ ޖޫރިމަނާއާއި އެކުގައެވެ.

(ރ). ފީ ދެއްކުމަށްފަހު ދަނޑުވެރިޔާގެ އެދުމުގެ މަތިން ދަނޑު ވަކި ކުރިކަމުގާ ވިޔަސް ދައްކާފައިވާ ފީ އަނބުރާ ނުލިބޭނެއެވެ.

(ބ). ފީ ދައްކާފައިވަނިކޮށް ކައުންސިލުން ދަނޑު ވަކި ކުރާނަމަ، ވަކި ކުރާމަހުން ފެށިގެން ކުރިއަށް ދައްކާފައިވާ ފީ އާއި ދަނޑަށް ކޮއްފައިވާ ޚަރަދު އަނބުރާ ދަނޑުވެރިޔާއަށް ދޭންވާނެއެވެ.

(ޅ) އާއްމު ދަނޑުވެރިކަމަށް ދޫކުރާ ބިން ދޫކުރެވޭނީ ބިމަށް އެއްވެސް ފީ އެއް ނެގުމަކާއި ނުލައެވެ. އެހެންނަމަވެސް ކައުންސިލުން ދޫކުރާ ކަރަންޓް މިފަދަ ދަޑުތަކުގައި ބޭނުންކުރާނަމަ ކަރަންޓަށް މަހަކު -/30 ރުފިޔާގެ ފީ އެއް ދަށްކަން ވާނެއެވެ.

(ކ) ކައުންސިލުން ދޫކުރާ ކަރަންޓް ދަނޑަށް ފެންޖެހުމަށް ފިޔަވާއިތުރު އެއްވެސް ކަމަކަށް ބޭނުންކޮށްގެން ނުވާނެއެވެ.

(ޅ). މި އުސޫލުގެ ދަށުން ދޫކުރާ ދަނޑުބިންތަކަށް އަހަރު ގުނަންފެށޭނީ ދަނޑު ދޫކުރާ ތާރީޚުން ފެށިގެނެވެ.

13. ދަނޑު ވަކިކުރުން:

އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ ދަނޑު ވަކި ކުރެވިދާނެއެވެ.

(ހ). ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިމުގައި އެ ފަރާތަކުން އެކަށީގެންވާ ގޮތުގައި ދަނޑުވެރިކަން ކުރަމުންނުދާކަމަށް ކައުންސިލަށް ފެނުން.

(ށ). ވިދިވިދިގެން 3 މަހު ފީ ނުދެއްކުން.

(ނ). ކޮންމެ ދަނޑެއްގެ ވަށައިގެންވާ މަގުގެ ފުޅާމިނަށް ސާފުކޮށް ނުބެލެހެއްޓުން.

(ރ). ދަނޑު ދޫކުރެވިފައިވާ މީހަކު އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރުން.

(ބ). ދަނޑު ދޫކުރެވިފައިވާ ފަރާތް ނިޔާވުން.

(ޅ). ވަށައިގެންވާ ދަނޑުބިންތަކަށާއި މާހައުލަށް ގެއްލުންވާފަދަ ކަމެއްކުރުން

14. އަމަލުކުރަން ފަށާ ތާރީޚް:

(ހ). މި އުސޫލަށް އަމަލުކުރަން ފަށާނީ މި އުސޫލު މި ކައުންސިލުން ފާސްކޮށް  އާއްމުކޮށް އިޢުލާން ކުރާ ތާރީޚުން ފެށިގެނެވެ.

(ށ). މިއުސޫލުގައި ނުހިމޭކަމެއް މެދުވެރިވެއްޖެނަމަ އެކަމެއް ނިންމާނީ ކައުންސިލް މަޝްވަރާއަށްފަހު މިކައުންސިލުންނެވެ.

·        މިއުޞޫލު ފާސްކުރެވުނީ 29 މާރިޗު 2023 ވަނަ ދުވަހު ބޭއްވުނު މިކައުންސިލުގެ 04 ވަނަ ދައުރުގެ 58 ވަނަ ޢާއްމު ބައްދަލުވުމުގަ އެވެ.

29 މާރިޗު 2023