މަސައްކަތް
ނަންބަރު: (IUL)475-Admin/475/2023/44
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 06 އޭޕްރިލް 2023 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހަޔަރ އެޑިޔުކޭޝަން ސްޓެޓިސްޓިކްސް ބުކްލެޓް ތައްޔާރުކޮށްދޭނެ ފަރުދެއް ހޯދުން

އިއުލާން

 ހަޔަރ އެޑިޔުކޭޝަން ސްޓެޓިސްޓިކްސް ބުކްލެޓް ތައްޔާރުކޮށްދޭނެ ފަރުދެއް ހޯދުން

 

މި މިނިސްޓްރީން 2023 މާރިޗު 19 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)475-Admin/475/2023/39 އިއުލާންގެ ދަށުން އެއްވެސް ފަރާތެއް އަންދާސީހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިއުލާން ބާތިލްކޮށް، މި މިނިސްޓްރީ އަށް ހަޔަރ އެޑިޔުކޭޝަން ސްޓެޓިސްޓިކްސް ބުކްލެޓް ތައްޔާރު ކޮށްދޭނެ ފަރުދެއް ހޯދުމަށް އަލުން އިއުލާން ކުރީމެވެ. 

  ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރުދުން މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް އަދި މައުލޫމާތު ސެޝަންގައި ބައިވެރިވެލެއްވުމަށް 2023 އޭޕްރީލް 02 ގެ 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2023 އޭޕްރީލް 03 ގެ 12:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައެވެ.  އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2023 އޭޕްރީލް 06 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައެވެ. މި އިއުލާނާއެކު މައުލޫމާތު ކަރުދާސް ހިއްސާކުރެވިފައިވާނެއެވެ.

29 މާރިޗު 2023