ދިވެހިރާއްޖެ
މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި މި ކޯޓުގައި ހުރި ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (ނަންބަރު: N3C-A/2022/1) އިޢުލާނާއި ގުޅިގެން، އެކަށީގެންވާ މިންވަރަށް ހުށަހެޅުން ލިބިފައިނުވާތީ، މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ނުވަތަ މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާ މަޢުލޫމާތު ކަރުދާހުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2023 އެޕްރީލް 06 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުވުމަށް ވަޑައިގެންދެއްވުން އެދެމެވެ. ފަރުދުންގެ ވިޔަފާރި ނުވަތަ ފާރޓްނާޝިޕް ނުވަތަ ކުންފުންޏަކުން، އަންދާސީ ހިސާބު ހުށަހެޅުމަށް އެތަނެއްގެ ވެރިފަރާތްނޫން އެހެން ފަރާތެއް ވަޑައިގަންނަވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ގެންނަވަންވާނެއެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބާއިއެކު ތިރީގައިވާ ލިޔުންތައް ހިމެނުއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
(ހ) ފުރިހަމަކޮށްފައިވާ އަންދާސީ ހިސާބު.
(ށ) ކުންފުނި/ޕާޓްނަރޝިޕް/ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ރެޖިސްޓްރީގެ ކޮޕީ.
(ނ) ބީލަން ހުށަހަޅާ ފަރާތުގެ ވިޔަފާރި ޕްރޮފައިލް. (ޙިއްސާދާރުންގެ މަޢުލޫމާތު އެނގޭގޮތަށް)
(ރ) ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ. (ޖީ.އެސް.ޓީއަށް ރެޖިސްޓްރީ ކޮށްފައިވާނަމަ). ނުވަތަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާކަން އަންގައިދޭ ލިޔުމެއް.
(ބ) ބިޑް ހުށަހަޅާ ކުންފުންޏަކީ ނުވަތަ ފަރާތަކީ ޝަރުޢީ ޙުކުމެއް ރައްދުވެފައިވާ ފަރާތެއްނަމަ އެކަމުގެ މަޢުލޫމާތު ހާމަ ކުރަންވާނެއެވެ. ނުވަތަ ޝަރުޢީ ކޯޓެއްގައި އެފަރާތަކާބެހޭ މައްސަލައެއް ހިނގާނަމަ އެކަމުގެ މަޢުލޫމާތު ހިމަނަންވާނެއެވެ.