މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެގްޒަމިނޭޝަން ޑިޕާރޓުމަންޓު)
|
ބޭނުންވާ ޢަދަދު: 1
|
އޮފީސް
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
މަސައްކަތްކުރަން ޖެހޭ ތަން:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)
|
ނޯޓު:
|
މި މަޤާމަށް ކުރިމަތިލުމަށް ހުށަހަޅާ ތަޢުލީމީ ލިޔެކިޔުންތަކަށް މާރކްސް ދެވޭނީ އިޢުލާނުގެ އެންމެދަށް ސްޕައިން (ADG/17) ގައިވާ ޝަރުތު ފުރިހަމަވުމުނެވެ.
|
މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް
|
މަޤާމު
|
ގްރޭޑް /
ސްޕައިން ޕޮއިންޓު
|
ޝަރުތު
|
މަޤާމުގެ އަސާސީ މުސާރަ
|
ސަރވިސް އެލަވަންސް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ADG4/17
|
1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން
ނުވަތަ:
2. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
5,778.10 ރުފިޔާ
|
2476.33 ރުފިޔާ
|
ADG4/18
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 17 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
5,956.80 ރުފިޔާ
|
2,552.92 ރުފިޔާ
|
ADG4/19
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 18 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
6,141.04 ރުފިޔާ
|
2,631.87 ރުފިޔާ
|
ADG4/20
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 19 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
6,330.97 ރުފިޔާ
|
2,713.27 ރުފިޔާ
|
ADG4/21
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 20 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
6,526.77 ރުފިޔާ
|
2,797.19 ރުފިޔާ
|
ADG4/22
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 21 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
6,728.62 ރުފިޔާ
|
2,883.70 ރުފިޔާ
|
ADG4/23
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 22 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
6,936.73
|
2,972.88
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- އިމްތިހާނުތަކާ ބެހޭ ކަންކަންކުރުމަށް އެކުލަވައިލައިފައިވާ އިޖުރާއާތުތަށް ހިންގުމުގައި އެހީތެރިވުން.
- އިމްތިހާނުތަކުގެ ފެންވަރު ބެލެހެއްޓުމަށް އެކުލަވައިލައިފައިވާ އިޖުރާއާތުތަށް ހިންގުމުގައި އެހީތެރިވުން.
- އިމްތިހާނުތަކުގެ ނަތީޖާތައް ތަސްދީގުކުރުމުގައި އެކުލަވައިލައިފައިވާ އިޖުރާއާތުތަށް ހިންގުމުގައި އެހީތެރިވުން.
- އިމްތިޙާންތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
- އިމްތިހާނުތަކައި ބެހޭ މައުލޫމާތުތަށް ގުޅުން ހުރި ކުއްލިއްޔާ/ސެންޓަރުތަކުން ހޯދައި ބެލެހެއްޓުން.
- އިމްތިހާނުތަކުގެ ތާވަލް ތައްޔާރުކުރުމުގައި އެހީތެރިވުން
- އިމްތިހާނުތަކުގެ ތާވަލާއި އެއްގޮތަށް އިމްތިހާނުތަށް އިންތިޒާމް ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަމުގައި އެހީތެރިވުން.
- އިމްތިޚާނު އިންވިޖިލޭޓް ކުރުމުގެ ކަންތައް ހަމަޖެއްސުމުގައި އެހީތެރިވުން
- އިމްތިހާނާ ބެހޭ ކަންކަމަށް ދުވަހު ކުއްޔަށް ހިފާ މުވައްޒަފުން އަހުލުވެރިކުރުމަށް ބޭނުންވާ އިދާރީ ކަންތައްތަކުގައި އެހީތެރިވުން.
- އިމްތިހާނާ ބެހޭ ކަންކަމަށް ދުވަހު ކުއްޔަށް ހިފާ މުވައްޒަފުންގެ ހާޒިރީ އަޕްޓޭޑްކޮށް ބެލެހެއްޓުމާއި މަސައްކަތް ކޮއްފައިވާ ގަޑިތައް އެގޭނެހެން އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އިމްތިހާނު އޮންނަ މުއްދަތުގައި އިންވިޖިލޭޝަން އަށް ބޭނުންވާ އެންމެހާ ކަންކަމުގައު އެހީތެރިވުން.
- އިމްތިޚާން ބާއްވާ ހޯލާއި ކުލާސް ރޫމްތައް ތައްޔާރުކުރުން.
- އިމްތިހާނު ހެދުމަށް ބޭނުންވާ ވަސީލަތްތަށް އިންތިޒާމުކުރުމާށާއި، އިމްތިހާނަށް ދަރިވަރު އަންނައިރު ކަށަވަރު ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމުކުރުމުގައި އެހީތެރިވުން
- އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ކަންކަން އިންތިޒާމުކުރުމާއި، އިމްތިހާނުގައި ބައިވެރިވާ ލާރނިންގް ސެންޓަރ ބަދަލުކުރުމާއި، އިމްތިހާނުގައި ބައވެރިނުވުން ފަދަ ކަންކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމުގަޔާއި އަންގަންޖެހޭ ފަރާތްތަކަށް އެންގުމުގައި އެހީތެރިވުން.
- ކަނޑައެޅިފައިވާ އުސޫލުން އިމްތިޚާނުތަކާބެހޭ މަޢުލޫމާތު ދަރިވަރުންނަށާއި ލެކްޗަރަރުންނަށް އަންގަމުން ގެންދިއުމުގައި ކުއްލިއްޔާ/ސެންޓަރުތަކާއި ސްޓުޑެންޓް އެފެއާރޒް ޑިޕާރޓްމަންޓަށް އެހީތެރިވުން.
- އިމްތިހާނު ކަރުދާސް ހޯދައި ފައިލްކުރުމާއި ރައްކާތެރިކަމާއެކު ޕްރިންޓްކޮށް ތައްޔާރު ކުރުމާއި، އަދި ހަވާލުކުރަންޖެހޭ ފާރާތްތަކަށް ހަވާލުކުރުމާއި ރިކޯޑް ބެލެހެއްޓުން.
- ދަރިވަރުންގެ ޖަވާބުކަރުދާހާއި ދަރިވަރުން ހުށަހަޅާ އިމްތިހާނުތަކާ ބެހޭ މަޢުލޫމާތު (ދަރިވަރުންގެ އަދަދު، އިމްތިހާނުގެ މާއްދާގެ ނަން، މާއްދާގެ ކޯޑު، ކުއްލިއްޔާ/ސެންޓަރުގެ ނަން، އިމްތިހާނުތަކާއި ބެހޭ އޮފީހަށް އިމްތިހާނު ކަރުދާސް ބަލައިގަތް ތާރީޚާއި އަދި ބަލައިގަތް މުވައްޒަފުގެ ނަން) ހިމަނައިގެން ލިސްޓު ތައްޔާރުކޮށް ސޮއި ކުރުވުމަށް ފަހު ރައްކާތެރިކަމާއެކު ކަމާއިބެހޭ ކުއްލިއްޔާ/ ސެންޓަރުތަކަށް އިމްތިހާނު ޖަވާބު ކަރުދާސް ރައްދުކުރުން
- އިމްތިހާނު ނިމުމުން ކަމާއިބެހޭ ކުއްލިއްޔާ/ސެންޓަރުތަކަށް ރައްދުކުރެވޭ އިމްތިހާނު ކަރުދާސް ތަކުގެ ރިކޯޑު ބެލެހެއްޓުން
- އިމްތިހާނުތަކުގެ ނަތީޖާތައް ކުއްލިއްޔާ/ސެންޓަރު ތަކުގެ އޭ.އާރް.ސީން ފާސް ކުރުމަށްފަހު ހުށަހެޅުމުން އެގްޒާމް ކޮމެޓީން އޭގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު އެ ނަތީޖާތައް ތަޞްދީޤު ކުރުމަށްޓަކައި އެކަޑެމިކް ބޯޑަށް ހުށަހެޅުންމުގައި އެހީތެރިވުން.
- ކޮންމެ އިމްތިހާނެއް ނިމުމުން ފާހަގަކުރެވުނު ކަންތައްތަކަށް ބިނާކޮށް ތައްޔާރުކުރުވޭ ރިޕޯރޓު އެކުލަވައިލުމުގައި އެހީތެރިވުން
- ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން އިމްތިހާނާއި ބެހޭ އޮފީސް ހުޅުވައި ލެއްޕުން.
- އިމްތިހާނާއި ބެހޭ އޮފީހުގެ މީޓިންގްތަކައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
- އެކިއެކި ކަންކަމުގައި އިމްތިހާނާއި ބެހޭ އޮފީހަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށާއި ސިޓީ/އީމެއިލް ކުރައްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
- އިމްތިހާނާއި ބެހޭ އޮފީހަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުމާއި، ސިޓީތަކާއި އެހިނެހެން ލިއުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
- އިމްތިހާނާއި ބެހޭ އޮފީހުގެ ސިއްރުތަކަށް ރައްކާތެރިވުމާއި، އިމްތިހާނުތަކާއި އަދި އިމަތިހާނުތަކުގެ އިދާރީ އެއްވެސް މަޢުލޫމާތެއް އިމްތިހާނާއި ބެހޭ އޮފީސް ހިންގުމާއި ޙަވާލުވެހުރި ވެރިއެއްގެ ހުއްދަނެތި އެއްވެސް ފަރާތަކަށް ނުދިނުން.
- އިމްތިހާނު ކަރުދާސް ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ޕޭޕަރ ލީކުވިޔަނުދިނުމަށް ދެވިފައިވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުން
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:
|
- ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
https://jobs.ium.edu.mv/
- އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
|
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:
|
- 5 އެޕްރީލް 2023 ވަނަ ދުވަހުގެ 23:59 އަށް
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
- މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 06 އެޕްރީލް 2023 އިން 27 އެޕްރީލް 2023 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022160 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|