މަސައްކަތް
ނަންބަރު: (IUL)13-K1/13/2014/3
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 20 ޖަނަވަރީ 2015 14:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އޮޕަރޭޝަން ތިއޭޓަރ އެކްސްޓެންޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޖެކްޓް ނަމްބަރ: TEB/2014/144

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، ހދ. ކުޅުދުއްފުށީ ރީޖަލް ހޮސްޕިޓަލް ޓާރޝަރީ ލެވެލްގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށްޓަކައި އެހޮސްޕިޓަލަށް އިތުރު ކުރުމަށް ހަމަޖެހިފައިވާ އޮޕަރޭޝަން ތިއޭޓަރ އެކްސްޓެންޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެގެން ކުރި މިމިނިސްޓްރީގެ ނަންބަރު IUL)13-K/13/2014/338)ފ(08 ޑިސެންބަރު 2014) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.               

  1. 01 އެޕްރީލް 2014 އިން ފެށިގެން މިމިނިސްޓްރީން ކުރިއަށްގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އަދި މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01 ގެ ގްރޭޑް 1، 2 ، 3 ، 4 އަދި 5 އަށް ޝަރުޠު ހަމަވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.
  2. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/20,000ރ (ވިހިހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
  3. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 08 ޖަނަވަރީ 2015 އިން 20 ޖަނަވަރީ 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މި މިނިސްޓްރީންނެވެ. ބީލަމުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފީއަކީ -/500 (ފައްސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ. ބީލަންފޮތްތަކަށް ފައިސާ ދައްކަވަން ވަޑައިގަންނަވާއިރު ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީ ސެޓުފިކެޓުގެ ކޮޕީއެއް ގެންނަންވާނެއެވެ.
  4. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 21 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 13:00ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ، ޓެންޑަރ އިވެލުއޭޝަން ސެކްޝަނުގެ ޖަލްސާކުރާ މާލަމުގައެވެ. އަދި މިޕްރޮޖެކްޓްތަކާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 ޖަނަވަރީ 2015ވާ ބުދަ ދުވަހުގެ 14:00 ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
  5. ބިޑް ހުޅުވުން އޮންނާނީ 04 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ، ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
08 ޖަނަވަރީ 2015