ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2023/24
އިޢުލާން
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރަންހުުރި ބައެއްމަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން
ޑރ. އަބަދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރަންހުރި ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)ASMH-Procure/ASMH/2023/14 އިޢުލާނާއި އެކު ދެވިފައިވާ މަޢުލޫމާތު ޝީޓްގައި ދެ އިމާރާތް ގުޅުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ކުރެހުން ނެތުމާއި ގުޅިގެން ބިޑު ހުށަހެޅުއްވި ބައެއްފަރާތްތަކުން ޝަކުވާ ހުށަހަޅާފައިވާތީ، އެކަން އިސްލާޙްކޮށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 28 މާރިޗް 2023 އިން 02 އޭޕްރިލް 2023 ވަނަދުވަހުގެ 13:00 މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންރެޖިސްޓްރޭޝަން ފޯމްހުށަހަޅުއްވައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން: 02 އޭޕްރިލް 2023، މެންދުރު 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި 6841971 / 6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.
އަންދާސީ ހިސާބް ހުށަހެޅުން: 06 އޭޕްރިލް 2023، 00:13 އަށް
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)