ދިވެހިރާއްޖެ
ރައްޔިތުންގެ ހިޔާ މަރާމާތުކުރުމާއި، ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް، މި އިދާރާއާއި ރަމީސް ސާބިތު އިންވެސްޓްމަންޓާ ދެމެދު ވެވިފައިވާ ނަންބަރު (AGR)245-MIM/PRIV/2023/1 އެއްބަސްވުމަށް 2023 މާރިޗް 27 ވީ ހޯމަ ދުވަހު ބަދަލު ގެނެވިފައިވެއެވެ. އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކަށް، އިތުރު މަސައްކަތްތައް އިތުރުކުރެވުމުން، މަސައްކަތުގެ އަގާއި މުއްދަތައް ވަނީ ބަދަލު ގެނެވިފައެވެ. އިތުރުކުރެވުނު މަސައްކަތުގެ އަގާއި މުއްދަތު ތިރީގައި އެވަނީއެވެ.
އިތުރުކުރެވުނު މަސައްކަތުގެ އަގު: 19,759.00ރ.
އިތުރުކުރެވުނު މަސައްކަތުގެ މުއްދަތު: 25 ދުވަސް
މި ބަދަލާއެކު މަސައްކަތުގެ އެއްބަސްވުމުގެ ޖުމުލަ އަގަކީ 499,706.13ރ. (ހަތަރު ސަތޭކަ ނުވަދިހަ ނުވަހާސް ހަތްސަތޭކަ ހަ ރުފިޔާ ތޭރަ ލާރި) އެވެ. އެއްބަސްވުމުގެ ޖުމުލަ މުއްދަތަކީ 125 (ސަތޭކަ ފަންސަވީސް) ދުވަހެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.