މަސައްކަތް
ނަންބަރު: (IUL)326/PRIV/2023/14
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 10 އޭޕްރިލް 2023 11:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަވަރުގައި ތަރައްޤީ ކުރަމުންދާ 02 ބީޗް ސަރަޙައްދުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

ޅ. ހިންނަވަރު ކައުންސިލް އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ޚަރަދުގައި 03 މަސްދުވަހުގެ މުއްދަތަށް، ހިންނަވަރު "ރީތި ބީޗް" އާއި "ސަންސެޓް ބީޗް"ގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާން (IUL)326/PRIV/2023/10 ބާޠިލްކުރުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  •  އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 03 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  •  ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 10 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ 11:00ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.

 

 

 

އިތުރު މަޢުލޫމާތު:

އެކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

 

28 މާރިޗު 2023