ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2023/27
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:01
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހު ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ގުޅޭ:

މިރަމަޟާން މަހު ކުނިނެގުމަށް ހަމަޖެހިފައިވަނީ ކުރިއެކޭވެސް އެއްގޮތަށް ކުނިވާ ޒާތުގެ ކުނި ކޮންމެ ދުވަހަކު އުކާލެވޭގޮތަށެވެ. އެހެން ނަމަވެސް އެހެނިހެން ބާވަތްތަކުގެ ކުނި ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.

  • ކުނިވާ ޒާތުގެ ކުނި ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 11:00 ގެ ނިޔަލަށް.
  • އެހެނިހެން ބާވަތްތަކުގެ ކުނި ނެގުމަށް ހަމަޖެހިފައިވަނީ ހޮނިހިރު، އަންގާރަ އަދި ބުރާސްފަތި ދުވަހުގެރޭ 09:00 އިން 12:00 ގެ ނިޔަލަށް ( ރޭގަނޑު).

ވީމާ، ކުނި ނެގުމަށް ކަނޑައެޅިފައިވާ ގަޑިތަކުގައި ކުނި ބޭރަށް ނެރެފައި ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ.  

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 މާރިޗު 2023