ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)225-PRD/225/2023/6
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 22:17
ސުންގަޑި: 09 އޭޕްރިލް 2023 12:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އަތޮޅުގެ ރަށްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ

މި އަތޮޅުގެ ރައްޔިތުންނަށް ފައިދާހުރި އިޖްތިމާޢީ ޕްރޮގްރާމްތަކާއި، ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް އެހީތެރިވެ ދިނުމުގެ ގޮތުން، މިއަހަރުވެސް މި އަތޮޅުގެ 7 ރަށަކަށް މާލީ އެހީތެރިކަން  ފޯރުކޮށްދިނުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން އެހީގެ ގޮތުގައި ކޮންމެ ރަށަކަށް 100000.00 ރުފިޔާ (އެއްލައްކަ ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރު މި ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ 7 ރަށް (ތުރާކުނު، އިހަވަންދޫ، މާރަންދޫ، ދިއްދޫ، ބާރަށް، އުތީމު، ވަށަފަރު) ފިޔަވައި ދެންހުރި ރަށްރަށަށެވެ.

ވީމާ، ރައްޔިތުންނަށް ފައިދާހުރި އިޖްތިމާޢީ ޕްރޮގްރާމްތަކާއި، ތަފާތު ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ އުލިގަން، މޮޅަދޫ، ހޯރަފުށި، ކެލާ، ފިއްލަދޫ، ތަކަންދޫ، މުރައިދޫގެ ތިރީގައި މިދަންނަވާ ފަރާތްތަކުން 2023 އެޕްރީލް 9 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ޕްރޮޕޯސަލްފޯމް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ 7 ރަށަކަށް  ފައިސާ ދޫކުރެވޭނެއެވެ. އެއްރަށަކުން ގިނަ ޕްރޮޕޯސަލްތަކެއް ހުށަހެޅިއްޖެނަމަ ފައިސާ ދޫކުރުމުގައި ބަލާނީ އެރަށެއްގެ ޕްރޮޕޯސަލްތަކުގެ ތެރެއިން އިވެލުއޭޝަން މަރުޙަލާއިން އެންމެ ގިނަ ޕޮއިންޓު ލިބުނު ޕްރޮޕޯސަލްއަކަށެވެ. ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތަކާގުޅޭ ޝީޓް މި އިޢުލާނާއެކު ހީރަސްކުރެވިފައި ވާނެއެވެ.

ޕްރޮޕޯސަލްފޯމް، މިކައުންސިލްގެ އިދާރާއިންނާއި ކައުންސިލްގެ ވެބްސައިޓުން www.halifatoll.gov.mv ލިބެން ހުންނާނެއެވެ.

ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތައް

  1. ހއ. އަތޮޅު ރަށްރަށުގެ ކައުންސިލްގެ އިދާރާތައް
  2. ހއ.އަތޮޅު ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް  
  3. ހއ. އަތޮޅުގައި ހުރި ސަރުކާރުގެ މުވައްސަސާތައް
  4. ހއ.އަތޮޅު ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލަބު ޖަމްޢިއްޔާތައް

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 މާރިޗު 2023