ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2023/21
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 21:56
ސުންގަޑި: 02 އޭޕްރިލް 2023 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑް ކޮމިޓީގެ ނިންމުން ޢާއްމުކުރުން- މާސްޓްތަކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 

      "ކާށިދޫ ކައުންސިލްގެ އިދާރާއަށް މާސްޓްތަކެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)330-B/330/2023/10  (07 މާރިޗު 2023) އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 02 (ދޭއް) ފަރާތުންނެވެ. ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގްލޯބަލް ސޮލިއުޝަންސްއާ ޙަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ  ބިޑް ކޮމެޓީގެ 2023 ވަނަ އަހަރުގެ 5 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

      މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑްސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑްސްޓިލް މުއްދަތު ތެރޭގައި:

  • ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
  • މި ބީލަން އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހެޅޭނެއެވެ.

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.

ބީލަން ޙަވާލުކުރަން ނިންމާފައިވާ ފަރާތް

ވިޔަފާރީގެ ނަން:

ގްލޯބަލް ސޮލިއުޝަންސް

ހުށަހަޅާފައިވާ އަގު:

69552.00 (ފަސްދޮޅަސް ނުވަ ހާސް ފަސްސަތޭކަ ފަންސާސް ދޭއް) ރުފިޔާ

ލިބުނު ޕޮއިންޓް:

100

 

ބީލަން ހުށަހެޅި އެހެން ފަރާތްތައް

ވިޔަފާރީގެ ނަން

ހުށަހެޅި އަގު

ލިބުނު ޕޮއިންޓް

ޖީނިއަސް ކޮންސްޓްރަކްޝަން ޕވޓ. ލޓޑ.

103194.00 (އެއްލައްކަ ތިން ހާސް އެއްސަތޭކަ ނުވަދިހަ ހަތަރެއް) ރުފިޔާ

60.02

ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 02 އޭޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ 13:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.

އީ.މެއިލް: [email protected]

ފޯން ނަންބަރު : 6641014

27 މާރިޗު 2023