ދެންނެވުން
ނަންބަރު: (IUL)341-MS/341/2023/18
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 04 އޭޕްރިލް 2023 00:00
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވާއިދާ ޚިލާފަށް މަގުތަކާއި ބަނދަރުމައްޗާއި އަދި ގްރީންޒޯންގައި ބަހައްޓާފައިވާ ތަކެތި ނެގުމާއި ގުޅޭ

މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ރަށުގެ މަގުތަކާއި ބަނދަރުމައްޗާއި އަދި އިޖްތިމާއީ ޞަރަހައްދުތައް ކައުންސިލްގެ ހުއްދަނެތި ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާކަން މި ކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ. ކޮންމެހެން ރަށުގެ މަގުތަކާއި ބަނދަރުމައްޗާއި އަދި އިޖްތިމާއީ ޞަރަހައްދު ބޭނުންކުރަން ޖެހިއްޖެނަމަ ކައުންސިލުން ނަގަންޖެހޭ ހުއްދަ ނެންގެވުމަށްފަހު އެސަރަހައްދުތައް ބޭނުންކުރަމަށް ދަންނަވަމެވެ.

އެހެންކަމުން ކައުންސިލްގެ ހުއްދައަކާނުލާ ރަށުގެ މަގުތަކާއި ބަނދަރުމައްޗާއި އަދި އިޖްތިމާއީ ޞަރަހައްދުތައް ބޭނުންކުރާ ފަރާތްތަކުން 04 އޭޕްރިލް 2023 ގެ ކުރިން މި ސަރަހައްދުތައް ބޭނުންކުރުމުގެ ހުއްދަ ކައުންސިލުން ނެގުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ހުއްދަ ނުނަގާ ބަހައްޓާފައިވާ ތަކެތި ނަގާ ސާފުކޮށް ރަށުތެރެ ތަރުތީބު ކުރުމުގެ މަސައްކަތް ކައުންސިލާއި ޕޮލިސް ޕޯސްޓް ގުޅިގެން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ.

   ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 މާރޗް 2023

27 މާރިޗު 2023