މަސައްކަތް
ނަންބަރު: (IUL)240-CA/240/2023/25
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 04 އޭޕްރިލް 2023 10:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލު ލާމު ލަވަ ހަދާ ލަވަ ރެކޯޑްކޮށްދޭނެ ފަރާތެއް ހޯދުން

ލ. އަތޮޅު އިސްތިހާރުކުރުމުގެ މަޤުޞަދުގައި "ލާމަސިލު ލާމު" ލަވައިގެ ނަމުގައި ދިވެހި އަމިއްލަ ރާގަކަށް އަތޮޅާއިގުޅޭ ލަވައެއް ހަދާ އެ ލަވަ ރެކޯޑްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންގެން މި ކައުންސިލުންކުރެވުނު ނަންބަރު: (IUL)240-CA/240/2023/1 ( 10 ޖަނަވަރީ 2023 ) އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ފުރިހަމަނުވާތީ އެ އަންދާސީހިސާބު ބާޠިލް ކުރުމަށްފަހު ދެވަނަ ފަހަރަށް މި މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ. މި ލަވައަކީ ލ. އަތޮޅުގެ ތާރީޚާއި، ޘަގާފަތާއި، އާދަކާދަ އަދި އަތޮޅުގެ ޚާއްސަ ސިފަތަކާއި އަތޮޅުގައިހުރި ފުރުޞަތުތަކާއި އަތޮޅުގެ ގުދުރަތީ ރީތިކަން ބަޔާންކުރެވިފައިވާ ލަވަޔަކަށް ވާންވާނެއެވެ.  

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 އޭޕްރީލް 04 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން https://bit.ly/3TIoKgR  ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ވެލައްވާ، 2023 އޭޕްރީލް 06 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވަމެވެ.

ބީލަމުގައި ރަޖިސްޓްރީ ވެނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރި ނުވެވޭނެކަމުގައި ދަންނަވަމެވެ.

26 މާރިޗު 2023