ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)262/262/2023/27
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 30 އޭޕްރިލް 2023 13:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރުގައި އިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓް ދޫކުރުމާ ގުޅޭ

                                           ނަމްބަރު: (IUL)262/262/2023/27

އިޢުލާން

                  

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހދ.ނޮޅިވަރަންފަރުގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މި 100 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް، ހދ.ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ޚާއްޞަ ކުރެވިފައިވާ  (A)ކެޓަގަރީގައި 75 ހައުސިން ޔުނިޓް އަދި ހދ.ނޮޅިވަރަންފަރަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށް ޚާއްސަ ކުރެވިފައިވާ (B)  ކެޓަގަރީގައި 25 ހައުސިންގ ޔުނިޓްއެވެ.

ވީމާ، ތިރީގައި އެއްކަރުދާސްކުރެވިފައިވާ އުޞޫލުގައިވާ ޝަރުތުތައް ހަމަވާ، 100 ހައުސިންގ ޔުނިޓްއަށް އެދި ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ފަރުމާކޮށްފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު 30 އެޕްރީލް 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރިއްޔާއިން ފޯމް ހުށައަޅުއްވާ ފަރާތްތަކުން ފޯމް މެއިލްކުރައްވާނީ:[email protected]  އަށެވެ. އަދި ފޯމު ފުރުމުގައި ފޯމުގައިވާ ނުކުތާތަކަށް ސަމާލުކަންދިނުން އެދެމެވެ.

            މިހެންވެމިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

27 މާރިޗު 2023