ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)317-PP/AD/2023/32
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 20 އޭޕްރިލް 2023 13:00
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ދޮންފަނު ކައުންސިލްގެ ރަސްމީ ލޯގޯ ފަރުމާކުރުން

މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ ރަސްމީ ލޯގޯ ފަރުމާކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. ފަރުމާކުރުމަށާއި ޑިޒައިން ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު މިއިޢުލާނާއެކު އާއްމުކުރެވިފައިވާނެއެވެ. ލޯގޯ ފަރުމާކުރުމުގައި ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޕާރޓްނާޝިޕްތަކާއި، ކުލަބުޖަމިއްޔާ ޖަމާޢަތްތަކަށާއި، ކުޅިވަރު ޓީމްތަކަށާއި ގްރޫޕްތަކަށާއި އަދި އަމިއްލަ ފަރުދުންނަށްވެސް ބައިވެރިވެވޭނެއެވެ. ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލްއެވެ. ޕްރޮޕޯސަލްގައި ގިނަވެގެން 3 ޑިޒައިން ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ޑިޒައިން އަކަށްވެސް ވަކިން ލޯގޯއާއި އެކު ހުށަހަޅަން ބުނެފައިވާ ތަކެތި ހުށަހަޅުއްވަންވާނެއެވެ.

ޑިޒައިން ހުށަހަޅާނީ، މައުލޫމާތު ކަރުދާހުގައި ބުނެފައިވާ ހުރިހާ ތަކެއްޗެއް ހަމަކޮށް އީމެއިލްކޮށްގެންނެވެ. އީމެއިލް ކުރުމުގެ ސުންގަޑިއަކީ 20އެޕްރީލް 2023 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ. އީމެއިލް ކުރައްވާނީ [email protected] މި އީމެއިލް އެޑްރެހަށެވެ.

ޑިޒައިން ތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ޑިޒައިންއަކަށް 2500 (ދެހާސް ފަސްސަތޭކަ) ރުފިޔާގެ ފައިސާ ގެ އިނާމެއް ދެވޭނެއެވެ.

އިޢުލާންއާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަމްބަރު 6600054 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 މާރިޗު 2023