މަސައްކަތް
ނަންބަރު: (IUL)320-FNP/230/2015/1
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:54
ސުންގަޑި: 08 ޖަނަވަރީ 2015 11:30
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިގޮނޑުގައި ހުރި ތަކެތި ތިލަފުށްޓަށް ގެންދިއުމާބެހޭ

މިރަށު ކުނިގޮނޑުގައި ހުރިތަކެތި ތިލަފުށްޓަށް ގެންދިއުމާބެހޭ

މިރަށު ކުނިގޮނޑުގައި ހުރި ނައްތާނުލެވޭ ޒާތުގެ ތަކެތި ތިލަފުށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 14:30 އަށް އަންދާސީހިސާބު ހިއްޕަވައިގެން ކައުންސިލުގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން އޮންނާނީ މި އިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވަންވާނީ އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިޔުމަކާ އެކުގައެވެ. ކުންފުންޏަކުންނަމަ އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި މީހަކުފޮނުވާނަމަ އެމީހަކީ އެފަރާތުން ފޮނުއްވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، އީމެއިލާ ފެކްސްގެ ޒަރީޢާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ރަބީޢުލްއައްވަލް 1436

04 ޖަނަވަރީ 2015